"ޕްރިތުވިރާޖް"ގެ ޓްރެއިލާ ނެރެފި

"ޕްރިތުވިރާޖް"ގެ ޓްރެއިލާ ނެރެފި

Author
ފާތިމަތު ނާވީ
12 މެއި 2022 06:26
0

2017 ވަނަ އަހަރު މިސްވޯލްޑްގެ ތާޖް ހާސިލް ކުރި ރީތީގެ ރާނީ މަނޫޝީ ޗިއްލަރު ބޮލީވުޑަށް ތައާރަފުވާ ފިލްމު "ޕްރިތުވިރާޖް"ގެ ޓްރެއިލާ ނެރެފިއެވެ.

މި ފިލްމުން މަނޫޝީއާއެކު ފެނިގެން ދާނީ އަކްޝޭ ކުމާރެއެވެ. އަދި ފިލްމްގެ މުހިންމު ރޯލަކުން ސަންޖޭ ދަތާއި ސޯނޫ ސޫދު ވެސް ފެނިގެން ދާނެއެވެ.

އަދިތިޔާ ޗޯޕްޅާގެ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ހަދާފައިވާ މި ފިލްމު އަންނަ މަހުގެ 3 ގައި ސިނަމާތަކަށް ގެންނަން ނިންނާފައި ވާއިރު، ފިލްމުގެ ޓްރެއިލާ ވަރަށް ވެސް ފުރިހަމަވެފައި ޝައުގުވެރިއެވެ.

މި ފިލްމް އަކީ ޑރ. ޗަންދުރަޕްރަކާޝް ދިވެދީ ޑައިރެކްޓްކޮށްފައިވާ، ތާރީހީ ހަނގުރާމަ ދައްކުވައިދޭ ފިލްމެކެވެ. އެގޮތުން މި ފިލްމުގައި ދައްކުވައިދެނީ އިންޑިއާގެ ރަސްކަލެއް ކަމަށްވާ ޕްރިތުވިރާޖް ޗޯހާންގެ ދިރިއުޅުމުގެ ވާހަކަ ތަކެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.