ޕީޕީއެމްގެ ކެނޑިޑޭޓްގެ ކެމްޕެއިނަށް ރައިސް ޔާމީން ވިލިމާލެއަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް

ޕީޕީއެމްގެ ކެނޑިޑޭޓްގެ ކެމްޕެއިނަށް ރައިސް ޔާމީން ވިލިމާލެއަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް

Author
މުޙައްމަދު ޖިމީ
10 މެއި 2022 04:56
0

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ވިލިމާލެ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާ ކެނޑިޑޭޓުގެ ކެމްޕެއިނަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީން ވިލިމާލެއަށް ވަޑައިގެންފިއެވެ.

އެމަނިކުފާނު ވިލިމާލެއަށް ވަޑައިގަތުމުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އެގޮތުން ގިނަ ޢަދަދެއްގެ ބަޔަކު ނިކުމެ ރައީސް ޔާމީނަށް މަރުހަބާ ދެންނެވުމުގައި ބައިވެރިވެފައިވެއެވެ. ވިލިމާލެ ދާއިރާއަށް ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރަނީ ފާތިމަތު ނާޒިމާއެވެ. ދެން ވާދަކުރަނީ އެމްއެންޕީގެ ކެނޑިޑޭޓް އާމިނަތު ޝީޒާއެވެ.

އެދާއިރާގެ ގޮނޑި ކާމިޔާބުކުރުމަށް ދެޕާޓީންވެސް އަންނަނީ ވަރުގަދަ ކެމްޕެއިނެއް ކުރަމުންނެވެ.

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ އިންތިޚާބު އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ.

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްުރާ ކޮމެޓީގެ މެމްބަރުކަމުގެ ގޮނޑި ހުސްވެފައިވަނީި ކުރިން އެމަގާމުގައި ހުންނެވި އެމްޑީޕީގެ އައިމިނަތު އީމާން ނިޔާވުމުގެ ސަބަބުންނެވެ. އީމާން ނިޔާވެފައިވަނީ މިދިޔަ ފެބްރުއަރީ މަހު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުންދަނިކޮށް އޭޑީކޭ ހޮސްޕިޓަލުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.