ސްރީ ލަންކާގައި އުޅޭ ދިވެހިން ސަމާލުވުމަށް އިލްތިމާސްކޮށްފި

ސްރީ ލަންކާގައި އުޅޭ ދިވެހިން ސަމާލުވުމަށް އިލްތިމާސްކޮށްފި

Author
ޢަލީ އާދަމް
09 މެއި 2022 08:47
0

ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނާއި، އެ ގައުމަށް ދަތުރުކުރާ ދިވެހިން ސަމާލުވުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

ފޮރިން މިނިސްޓްރީން މިކަމަށް އިލްތިމާސްކުރީ މުޅި ސްރީލަންކާ ހިމެނޭހެން މިވަގުތު އެ ގައުމުގައި ކާފިއު އިޢުލާނު ކޮށްފައިވާތީއެވެ.

އެހެންކަމުން ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނާއި ސްރީލަންކާއަށް ދަތުރުކުރާ އެންމެހާ ދިވެހި ރައްޔިތުންވެސް، އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކަށް ސަމާލުކަންދިނުމަށް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. އަދި، އެގައުމުގެ ހާލަތާ ގުޅޭގޮތުން އިތުރު މައުލޫމާތު ލިބެމުން ދާވަރަކަށް، އެ މައުލޫމާތު ރައްޔިތުންނާ ހިއްސާ ކުރަމުން ދާނެކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

އެގައުމުގައި ދިވެއްސަކަށް އެމަޖެންސީ ހާލަތެއް ދިމާވެއްޖެނަމަ، ހައިކޮމިޝަނުގެ ހޮޓްލައިން ނަންބަރު 0768816666 އަށް ގުޅައި މައުލޫމާތު ދިނުމަށްވެސް އެމިނިސްޓްރީން އެދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.