ނަހުލާ ވިދާޅުވަނީ އޭނާ ވިލިމާލެއަށް ނާރަން އިންޒާރު ދީފައިވާކަމަށް

ނަހުލާ ވިދާޅުވަނީ އޭނާ ވިލިމާލެއަށް ނާރަން އިންޒާރު ދީފައިވާކަމަށް

Author
މުޙައްމަދު ޝަޒައިމް
07 މެއި 2022 05:46
0

މާލޭ ސިޓީ ކައުންސިލްގައި ވިލިމާލެ ދާއިރާ ތަމްސީލު ކުރައްވާ ޕީޕީއެމްގެ މެންބަރު ނަހުލާ އަލީ ވިލިމާލެއަށް ނޭރުމަށް އިންޒާރު ދީފައިވާ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ނަހުލާ މިއަދު ވިދާޅުވީ ދާއިރާގެ ކައުންސިލަރުގެ ހައިސިއްޔަތުން މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއި އެކު ދޮރުން ދޮރަށް ހިނގަން ހަމަޖެހިފައި ވަނިކޮށް އޭނާ ވިލިމާލެއަށް ނޭރުމަށް އަންގައި އިންޒާރު ދީފައިވާ ކަމަށެވެ. ކެމްޕޭނު ކުރަމުން ދަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ވިލިމާލެ ދާއިރާގެ ގޮނޑި ހުސްވުމާއި ގުޅިގެންނެވެ.

ޕީޕީއެމްއިން ވަނީ ނަހުލާއާއި، އޭނާގެ މަންމަގެ ސުލޫކީ މައްސަލައެއް ބަލަން ވަނީ ފަށާފައެވެ. އެ މައްސަލަ ބަލަން ފެށި ފަހުން ފޭސްބުކްގައި އޭނާ ޕޯސްޓްތަކެއް ކޮށްފައި ވެއެވެ. އަދި އިތުރު ކައުންސިލް މެންބަރުންނަށް ތުހުމަތުތަކެއް ކޮށްފައި ވެއެވެ.

ނަހުލާގެ މި ވާހަކަތަކާއި ގުޅިގެން އިއްޔެ ޕީޕީއެމް އިން ބަޔާނެއްވެސް ނެރެފައި ވެއެވެ. އެ ބަޔާނުގައި ބުނެފައި ވަނީ ނަހުލާ އެ ޕާޓިއާއި ޕާޓީގެ ލީޑަރޝިޕް ބަދުނާމުކޮށް ދޮގު ވާހަކަތައް ފަތުރަން ފަށާފައިވަނީ، ވިލިމާލޭ ދާއިރާ، މާލޭ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި މިޕާޓީގެ ޓިކެޓްގައި ވާދަ ކުރާ މިޕާޓީގެ ކެންޑިޑޭޓަށް އެންޓި ކެމްޕެއިންކޮށް، އިދިކޮޅުން ވާދަ ކުރަމުން ގެންދާ ކެންޑިޑޭޓަށް ވޯޓު ހޯދުމުގެ މަސައްކަތްތަކެއް ކުރާކަމުގެ މައުލޫމާތު ހެއްކާއެކު ލިބި، އެމައްސަލަ ސުލޫކީ މައްސަލައެއްގެ ގޮތުގައި، ޕާޓީގެ ސުލޫކީ ކޮމިޓީން ބަލަން ފެށުމުން ކަމަށެވެ.

ނަހުލާއާއި ނުލައި މިއަދު ވިލިމާލޭގައި މާލެ ސިޓީ ކައުންސިލް މެމްބަރުންނާއި، މޭޔަރު ހިމެނޭހެން ފާތުންއަށް ކެމްޕެއިންގެ ބޮޑު ހަރަކަތެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.