އެމްޕޯލީ ބަލިކޮށް އިންޓަ ތާވަލުގެ އެއްވަނައަށް

އެމްޕޯލީ ބަލިކޮށް އިންޓަ ތާވަލުގެ އެއްވަނައަށް

ގުޅުންހުރި

އިޓާލިއަން ލީގުގައި ފަހަތުން އަރައި އެމްޕޯލީ ބަލިކޮށް ތާވަލުގެ އެއްވަނައަށް އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާން ޖެހިލައިފިއެވެ.

އިންޓަރގެ ދަނޑުގައި ކުޅުނު މިމެޗް އެ ޓީމުން ކާމިޔާބުކުރީ 4-2 ގެ ނަތީޖާއަކުންނެވެ. މެޗުގެ 28 މިނިޓު ތެރޭ އެމްޕޯލީން ވަނީ އިންޓަ މިލާން ކޮޅަށް ދެ ލަނޑު ޖަހައިފައެވެ. ފުރަތަމަ ލަނޑު ފަސްވަނަ މިނިޓުގައި އެމްޕޯލީ އަށް ލީޑު ނަގައިދިނީ ލޯނު އުސޫލުން އެޓީމަށް ކުޅޭ އިންޓަ މިލާނުގެ ޒުވާޏް ފޯވާޑް އަންޑްރޭ ޕިނަމޮންޓީއެވެ. އަދި ލީޑު ފުޅާކުރި ލަނޑު ޖަހައިދިނީ އެޓީމުގެ އެކަޑަމީ އިން ތަމްރީނު ހޯދައިގެން މި ސީޒަނުގައި ސީނިއާ ކެރިއަރު ފެށި އަލްބޭނިއާގެ ޒުވާން މިޑްފީލްޑަރު ކްރިސްޓިއަން އަސްލާނީއެވެ.

އެމްޕޯލީގެ ލީޑު ކުޑަވީ ފުރަތަމަ ހާފް ނިމެން ފަސްމިނިޓަށް ވެފައި ވަނިކޮށް އެޓީމުގެ ޑިފެންޑަރު ސިމިއޯނީ ރޮމަނޯލީ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. އޭގެ ފައިދާ ނަގައި މި ހާފުގެ އެންމެ ފަހު މިނިޓުގައި އިންޓަ އަށް ނަތީޖާ އެއްވަރު ކޮށްދިނީ ލައުޓާރޯ މާޓިނޭޒްއެވެ. އިންޓަ މިލާނުން ފުރަތަމަ ފަހަރަށް މެޗުގައި ލީޑު ނެގީ 64 ވަނަ މިނިޓުގައެވެ. ލީޑު ނެގި ލަނޑު ވެސް ޖަހައިދިނީ މާޓިނޭޒް އެވެ. އަދި އެޓީމުގެ ހަތަރުވަނަ ލަނޑު، ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގައި ޖެހީ އެލެކްސިސް ސަންޗޭޒްއެވެ.

މިއާ އެކު އިންޓަ މިލާން ވަނީ އޭސީ މިލާނަށް ވުރެ އެއް މެޗު އިތުރަށް ކުޅެ، އެއް ޕޮއިންޓް އިތުރަށް ހޯދައިގެން ޓޭބަލްގެ އެއްވަނައަށް ޖެހިލައިފައެވެ. ނަމަވެސް މިރޭ އޭސީ މިލާނުން ރަށުން ބޭރުގައި ހަލެސް ވެރޯނާއާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބު ކޮށްގެން، އަލުން އޭސީ މިލާނުގެ އަތުގައި އޮތް ދެ ޕޮއިންޓުގެ ލީޑާ އެކު އެއްވަނައަށް ޖެހިލުމުގެ ފުރުސަތު އެޓީމަށް އެބަ އޮތެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ