ވަރުގަދަ ޓީމުތައް ކަޓުވާލި ފްރެންކްފާޓް ފައިނަލަށް

ވަރުގަދަ ޓީމުތައް ކަޓުވާލި ފްރެންކްފާޓް ފައިނަލަށް

Author
މުޙައްމަދު ޝަޒައިމް
06 މެއި 2022 03:47
0

ޔުއެފާ ޔޫރޮޕާ ލީގުގެ ފައިނަލުން އެއިންޓްރެކްޓް ފްރެންކްފަޓް ޖާގަ ހޯދައިފިއެވެ.

މިމުބާރާތުގެ ފައިނަލުން ފްރެންކްފަޓް ޖާގަހޯދީ ސެމީ ފައިނަލްގައި ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު ދެމެޗް 3-1 ގެ އެގްރިގޭޓް ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.

ވެސްޓް ހޭމަށް ރޭ އެންމެ ބޮޑު މައްސަލައެއް ދިމާވީ 19 ވަނަ މިނިޓްގައި އެ ޓީމުގެ އާރޮން ކްރެސްވެލް އަށް ރަތް ކާޑެއް ދެއްކުމެވެ. އެއީ ފްރޭންކްފާޓްގެ ޖެންސް ހޯގާ އަށް ފައުލުކުރުމުން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ދެއްކި ރަތް ކާޑެކެވެ.

ވެސްޓް ހޭމްގެ ކުޅުންތެރިއަކު މަދުވިތާ ހަތް މިނިޓް ފަހުން ފްރޭންްކްފާޓުން މެޗުގައި ޖެހި ހަމައެކަނި ގޯލު ކާމިޔާބުކުރިއެވެ. މިއީ މެޗުގެ 26 ވަނަ މިނިޓްގައި އަންގްސްޓާ ކެނައުފް ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައަކުން ރަފައެލް ބޯރޭ ޖެހި ގޯލެކެވެ.

މިކާމިޔާބީއާއެކު ޔޫރޮޕާ ލީގުގެ ފައިނަލުން ފްރެންކްފަޓް ޖާގަ ހޯދާފައިވާއިރު، މިއީ ޔޫރަޕްގެ މުބާރާތެއްގެ ފައިނަލަށް 1980ވަނަ އަހަރަށްފަހު އެ ޓީމަށް ދަތުރުކުރެވުނު ފުރަތަމަ ފަހަރެވެ. ފައިނަލްގައި ފަރްނޭކްފަރޓް ބައްދަލުކުރާނީ ރޭންޖާސްއާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.