ރައީސް ޔާމީނަށް އިންޒާރުދިން މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުނެފި

ރައީސް ޔާމީނަށް އިންޒާރުދިން މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުނެފި

Author
މުޙައްމަދު ޝަޒައިމް
05 މެއި 2022 08:17
0

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް ޔާމީން ޢަބްދުލްޤައްޔޫމަށް އިންޒާރުދިން މައްސަލައެއް ބަލަމުންދާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިމައްސަލަ ބަލާކަމަށް ފުލުހުން ހާމަކޮށްފައިވަނީ މިވަނީ، މިމައްސަލަ ބަލަމުންދާކަމެއްވެސް އަދި ނުބަލާ ކަމެއްވެސް އަންގާފައިނުވާކަމަށް ޕީޕީއެމުން ބުނެފައި ވަނިކޮށެވެ. މިކަން އެންމެ ބޮޑަށް ފެންމަތިވީ، ރައީސް ޔާމީނަށް އިންޒާރު ދިން މައްސަލަ ހުށަހަޅާފައި ވަނިކޮށް، އެމައްސަލަ ބަލަމުންދާކަން ހާމަނުކޮށް، ރޭ ފަތިހު މާލޭގެ ބައެއް މަގުތަކަށް "އިންޑިއާ އައުޓް" ގަނޑުތަކެއް އަޅާލި މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުނުމާއި ގުޅިގެންނެވެ.

ފުލުހުން ވިދާޅުވީ، ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ ވީޑިއޯއެއްގައި ކުރީގެ ރައީސް ޔާމީނަށް އިންޒާރުދީފައިވާކަމަށް ބުނާ މައްސަލައެއް ބަލައިދިނުމަށް މިމަހުގެ 2 ވަނަ ދުވަހު ސިޓީއަކުން ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ. އަދި ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގެ މައްސަލަ ބަލައިދިނުމަށް މިމަހުގެ 3 ވަނަ ދުވަހު ސިޓީއަކުން ހުށަހަޅާފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ މި ސިޓީތަކާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށެވެ. ނަމަވެސް އެކަމާއި ގުޅޭ އިތުރު ތަފްސީލެއް ނުދެއްވައެވެ.

މިކަމާއި ގުޅިގެން ޕީޕީއެމް އިން ބުނީ ރައީސް ޔާމީނަށް އިންޒާރުދިން މައްސަލަ ބަލާކަމެއްވެސް ނުބަލާ ކަމެއްވެސް އެކަމާއި ގުޅޭގޮތުން މިހާތަނަށް އެއްވެސް ޖަވާބެއް ފުލުހުން ދީފައި ނުވާކަމަށެވެ. އަދި އިންޒާރު ދިން މީހާ ފުރުވާލިކަމެއްވެސް އެޕާޓީއެއް ސާފެއް ނުވާކަމަށް ޕީޕީއެމްއިން ވަނީ ބުނެފައެވެ.

ޕީޕީއެމްއިން ގޮވާލަނީ ރައީސް ޔާމީޏްގެ ފުރާއަށް ނުރައްކާވާގޮތަށް އިންޒާރު ދިން މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި އަވަހަށް ބަލައި ދިނުން. އަދި މިފަދަ އިންޒާރުގެ މައްސަލަ ތަކާއި ގުޅިގެން ހަމަހަމަކަން އިސްކުރުމަށް. ޕީޕީއެއިން ބުނެފައިވެއެވެ. ޕީޕީއެމްއެމް އިން ބުނެފައިވަނީ ރައީސް ޔާމީނަށް އިންޒާރުދިނީ އިންޑިއާ ހައިކޮމިޝަނާއި، ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި، އަދި މިސަރުކާރަށް ވާގިވެރިވާ ފަރާތްތައް ފަހަތުގައި ތިބެގެން ކަމަށްވާތީ އެންމެން ގުޅިގެން އޭނާ ފުވާލުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ.

ރައީސް ޔާމީން ހުއްޓުވަން ކަމަށް ބުނެ ޒުވާނުންތަކެއް އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ކަމަށްވާ ހ. ދޫވެހި ކައިރި އަށް ވެސް މިިދިޔަ އަންގާރަ ދުވަހު އެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

H Halaaku
ހަމަެކަނި.ބުނެލުމަކުނ.ފަރަކު.ނުޖެހޭނެ ދެވަނަ ޗާސެން ނުލިބޭގޮތައް.ހަދަނވާނީ