ދ.މީދޫ ކައިރިން ފްލައިޓެއްގެ ފިޔަގަނޑެއް ފެނިއްޖެ

ދ.މީދޫ ކައިރިން ފްލައިޓެއްގެ ފިޔަގަނޑެއް ފެނިއްޖެ

Author
މުޙައްމަދު ޖިމީ
12 ނޮވެމްބަރ 2020 09:04
0

ދ.މީދޫ ކައިރިން ފްލައިޓެއްގެ ފިޔަގަނޑެއްގެ ބައެއް ފެނިއްޖެއެވެ.

ފްލައިޓްގެ ފިޔަގަނޑެއް ފެނިފައިވަނީ މިއަދު ހަވީރުކަމަށް މަޢުލޫމާތު ލިބެއެވެ. މިފިޔަގަނޑު ފެނިފައިވަނީ އެރަށް ކައިރިން އޮޔާދަނިކޮށްކަމަށް އެރަށުން މަޢުލޫމާތުދިން މީހަކު ބުންޏެވެ. ފިޔަގަނޑުގައި ރިނދެލި ޖަހާފައިވާއިރު، އޭގެ ދިގުމިނުގައި ގާތްގަނޑަކަށް 25ހަކަށް ފޫޓު ހުންނާނެކަމަށްވެސް އެރުން ވާހަކަދެއްކި މީހުން މަޢުލޫމާތުދިނެވެ. އެކަމުގެ މަޢުލޫމާތު މިހާރު ސިފައިނާއި ފުލުހުންނަށްވެސް ދީފައިވާކަމަށް މީދޫ ކައުންސިލުން މަޢުލޫމާތުދެއެވެ.

ފްލައިޓެއްގެ ފިޔަގަނޑުގެ ބައެއް ފެނިފައިވާއިރު، އެސަރަހައްދަކީ 2014 ވަނަ އަހަރު މާރޗުމަހުގެ ތެރޭގައި ގެއްލުނު އެމްއެޗް 370 ފެނުނު ސަރަހައްދުކަމަށް ބައެއް މީހުން ބުނަމުންގެންދެއެވެ. އެގޮތުން މީދޫ ކައިރިން އޮންނަ އެއަތޮޅު ކުޑަހުވަދޫގެ ބައެއް މީހުންނަށް އެފްލައިޓް ފެނިފައިވާކަމަށް ބައެއް މީހުން ބުނެއުޅެއެވެ. މިހާތަނަށްވެސް އެފްލައިޓަށް ވީނުވީއެއް އެނގިފައެއްނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.