ހިތްހަމަ ޖެހުނަސް ނުޖެހުނަސް އެމްޑީޕީއަކީ އެއްވެސް މީހެއްގެ އެއްޗެއް ނޫންކަމަށް ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ އެމްޑީޕީ ޗެއަރޕާސަން ހޮވުމަށް ބާއްވާ އިންތިޚާބާއި ގުޅިގެން އެމްޑީޕީގެ އެތެރޭގައި ޚިޔާލުތަފާތުވުން އުފެދިފައިވާތީ އެކަމަށް އިޝާރާތްކުރައްވައެވެ.
މެންބަރު އަޙްމަދު ވިދާޅުވީ ހިހަމަ ޖެހުނަސް ނުޖެހުނަސް އެމްޑީޕީއަކީ އެއްވެސް މީހެއްގެ އެއްޗެއް ނޫންކަމަށާއި، ތިލަފަތަކީ އެއްވެސް މީހެއްގެ ރަމްޒެއްވެސް ނޫންކަމަށެވެ.
Hiyhama jehunas nujehunas @MDPSecretariat akee evves meehehge ehcheh noon adhi thilafathakee evves meehehge ramuzehves noon.
— Ahmed Abdulla (@ahmedabdulla2a) May 3, 2022
އެމްޑީޕީގެ ދިދާގައި ދައްކުވައިފޭ ތިލަފަތަށް އިޝާރާތްކުރައްވާ އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް ވާދަކުރައްވާ އިމްތިޔާޒް ފަހުމީގެ ކެމްޕެއިން ސްލޯގަންއަކީ ތިލަފަތުގެ ރަމްޒެވެ. އިންތިއާއިއެކު މި އިންތިޚާބުގައި ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލެވެ.
ދެބޭފުޅުންގެ ކެމްޕެއިން ފޯރީގައި އަދި ވާދަވެރިކަމާއެކު ކުރިއަށް ގެންދާއިރު ދެބައި މީހުންވެސް ގެންދަނީ އެއްބަޔަކު އަނެއްބަޔަކަށް ބަހުގެ ހޫނު ހަމަލާތަކެއް ރައްދު ކުރަމުންނެވެ. ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ ތާޢީދުކުރައްވަނީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒްއަށެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބު މިމަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިއިންތިޚާބުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޟު ސަރުކާރުގެ ނުފޫޒާއި ބާރުގެ ބޭނުން ކުރާކަމަށް އިންތިގެ ޓީމުން ދަނީ ތުހުމަތު ކުރަމުންނެވެ. އަދި ކަން ބެލުމަށް އެމްޑީޕީގެ ކަމާއިބެހޭ ކޮމެޓީއަށް ހުށަހެޅުުން ނިންމާފައިވަނީ، އިންތިޚާބަށް ނުފޫޒު ފޯރުވާކަމަށެވެ.
ނަމަވެސް ފައްޔާޟުގެ ޓީމުން ވަނީ މިއީ ކަނޑައެޅިގެން ދޮގުވާހަކަތަކެއްކަމަށް ބުނެފައެވެ. މިއިންތިޚާބުގެ ވާދަވެރިކަން ބޮޑުވެފައިވަނީ މިއީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ނެރޭނެ ކެނޑިޑޭޓެއްވެސް ސާފުވާނެ އިންތިޚާބަކަށް ވުމުންނެވެ.
ކޮމެންޓު ފޮނުވާ