މިއަދު ފާހަގަ ކުރަމުންދާ އީދު ދުވަހު އެމްޑީޕީ ޗެއާޕާސަންގެ މަޤާމަށް ވާދަ ކުރައްވާ އިކޮނޮމިކް މިނިސްޓާރ ފައްޔާޟު އިސްމާއިލަށް ހދ. އަތޮޅުގައި އޮތޮޅުގައި އޮތް ތާއީދު ދައްކާލައިފިއެވެ.
މިމަހުގެ 14 ވަނަ ދުވަހު އިންތިޚާބު ބާއްވާއިރު އިންތިއާއި، ފަޔާގެ ޓީމުން ދަނީ ކެމްޕެއިންގައި ރަށްތަކަށް ދަތުރު ކުރަމުންނެވެ. މިއަދު ފާހަގަ ކުރަމުންދާ އީދު ދުވަހުވެސް ކެމްޕެއިން ހަރަކާތްތައް މަޑު ޖެހުމެއްނެތި ދަނީ ކުރަމުންނެވެ. އިންތިގެ ޓީނުން ގއ.އަތޮޅުގައި ހަރަކާތްތެރިވާއިރު، ފަޔާގެ ޓީމުން ހަރަކާތްތެރިވަނީ ހދ.އަތޮޅުގައެވެ.
ފަޔާގެ ޓީމުން، ހދ.ގެ ގިނަ ރަށަކަށް މިއަދު ދަތުރުކޮށްފައިވާއިރު އެރަށްތަކުން ވަނީ ބޮޑު ތާއީދެއް އޮތްކަން ދައްކާފައެވެ. މިދަތުރުގައި މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ނިސްބަތްވާ ދާއިރާއިން ވަނީ ހޫނޫ މަރުހަބާއެއް ފަޔާގެ ޓީމަށް ކިޔާފައެވެ. އަދި ކުޅުދުއްފުއްށިންވެސް ވަނީ ފަޔާއާއި ރޮޒޭގެ ޓީމަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.
ނޭކުރެންދޫ ތާރީހުގައި ރަށު ތަރައްގީ ގައި ހިގާފައި ނުވާ ވަރަށް މަސައްކަތްތަށް ކުރިއަށް ހިނގަމުންދޭ، ސަރުކާރާ ފެޔަށް ޖެހެންޖެހޭ ސަބަބެއް ނެތް، ސަރުކާރާ އެކު 2023 ހޯދުމަށް ފޫގަޅައިގެން @faya_i އަދި @Roxeyna އާއެކު ގަދަކޮށް މިތިބީ ????????#MDPhingaalan pic.twitter.com/SE9C8i0Yuw
— kenereege thaureef (@thaureef) May 2, 2022
ފަޔާއާއި، އިންތިގެ މެދުގައި މިކެމްޕެއިންގެ ވާދަވެރިކަން ބޮޑުވެފައިވާއިރު، އެމްޑީޕީގެ އެންމެ އިސް ދެބޭފުޅުންވެސް ނުސީދާކޮށް ގެންދަވަނީ ދެކެނޑިޑޭޓުންނަށް ތާއީދު ކުރައްވަމުންނެވެ. ރައީސް ޞާލިހުގެ ތާއީދު ފަޔާއަށް އޮތް އިރު، ރައީސް ނަޝީދުގެ ތާއީދު އޮތީ އިންތިއަށެވެ. މިއިންތިޚާބުގައި މިހާތަނަށް ދެ ކެނޑިޑޭޓުންވެސް ރާއްޖޭގެ މީހުން ދިރިއުޅޭ ގިނަރަށްތަކަށް ދަތުރު ކޮށްފައިވާއިރު، މެމްބަރުންގެ އަޑު ވަނީ އަހާފައެވެ.
ކުމުންދޫ މެމްބަރުން އަލުން އަނބުރާ އަނިޔާވެރިކަމަށް ދާކަށް ބޭނުމެއްނޫން، ޕާރޓީ އާއި ސަރުކާރާ ގުޅުވާލާ 2023 ހޯދަން @faya_i އަދި @Roxeyna އާއެކު ގަދަކޮށް މިތިއްބެވީ ????#MDPhingaalan pic.twitter.com/SMweITSlyP
— kenereege thaureef (@thaureef) May 2, 2022
ފަޔާގެ ޓީމުން އެންމެ ބޮޑަށް ފާހަގަ ކުރާ ކަމަކީ އެމްޑީޕީގެ އަތޮޅު ތެރޭގެ ހަރަކާތްތައް ކަފުން ވެފައި އޮތުމެވެ. ރަށްރަށުގެ ޖަގަހަތަކާއި، ހަރަކާތްތައް އެއްވެސް ވަރަކަށް ނެތުމުގެ ކަންބޮޑުވުމެވެ. މިހުރިހާ ކަމެއްގެ އިނގިލި ދިގުކުރެވެނީ މިހާރުގެ ލީޑަރޝިޕަށެވެ. މިހާރުގެ ލީޑަރޝިޕްގައި ތިއްބެވި ގިނަ ބޭފުޅުންނަކީ އިންތިގެ ޓީމުގައި ހިމެނޭ އިންތިއަށް ތާއީދު ކުރާ ބޭފުޅުންނެވެ.