ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި

ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި

Author
މުޙައްމަދު ޖިމީ
29 އޭޕްރިލް 2022 07:52
0

މެދު ރާއްޖެތެރޭގެ ރަށެއްގައި 12 އަހަރުގެ ކުއްޖަކަށް އިތުބާރުކުރެވޭ މަޤާމެއްގައި ހުރި މީހަކު އަނިޔާކުރި މައްސަލައެއް ފުލުހުން ތަހްގީގްކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ، ނޯތު ސެންޓްރަލް ޕޮލިސް ރީޖަންގައި ހިމެނޭ ރަށެއްގައި 12 އަހަރުގެ ފިރިހެން ކުއްޖަކަށް، އިތުބާރުކުރެވޭ މަޤާމެއްގައި ހުރި މީހަކު އަނިޔާކުރިކަމުގެމައްސަލައެއް މިމަހުގެ 26ގައި ފުލުހުންނަށް ހުށައަޅާފައިވާކަމަށެވެ.

ފުލުހުން ބުނީ، އަނިޔާ ލިބުނު ކުއްޖާގެ ހާލު ރަނގަޅުކަމަށާއި، އެކުއްޖާ މިހާރު ރައްކާތެރި މާހައުލަކަށް ބަދަލުކޮށްފައިވާކަމަށެވެ. މި މައްސަލައާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. މި މައްސަލަ ޖެންޑަރ މިނިސްޓްރީއާއި ގުޅިގެން ތަހްގީގްކުރަމުން އަންނަކަމަށްވެސް ފުލުހުން ބުންޏެވެ.

މަޢުލޫމާތު ލިބުފައިވާގޮތުގައި އެ ކުއްޖާއަށް އަނިޔާކޮށްފައިވަނީ އެކުއްޖާގެ ބައްޕައެވެ. ނަމަވެސް މިކަމާއި ގުޅޭގޮތުން އެއްވެސް އިދާރާއަކުން އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ކުޑަކުދިންނާއި ގުޅޭ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކެއްކަމަށްވާތީ، މިފަދަ މައްސަލަތަކުގައި ހިމެނޭ ކުޑަކުދިންގެ އަތޮޅާއި ރަށާއި، އެނޫންވެސް ޒާތީ މަޢުލޫމާތުތައް ފުލުހުން ހާމައެއް ނުކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.