ނ. މަނަދޫގައި އަލަށް އިމާރާތްކުރާ ފެނަކަ އޮފީސް އިމާރާތުގެ ބިންގާ އަޅައިފިއެވެ.
މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ފެނަކައިގެ އޮފީސް އިމާރާތުގެ ބިންގާ އަޅައި ދެއްވީ ފެނައިކައިގެ މެނޭޖިން ޑިރެކްޓާ އަޙްމަދު ސައީދް އާއި, މަނަދޫ ދާއިރާގެ މެންބަރު އަޙްމަދު ހާރޫން އެވެ.
ނ. މަނަދޫގައި އަލަށް އިމާރާތްކުރާ ފެނަކަ އޮފީސް އިމާރާތުގެ ބިންގާ އެމް.ޑީ އަޙްމަދު ސައީދް އާއި, މަނަދޫ ދާއިރާގެ މެންބަރު އަޙްމަދު ހާރޫން މިއަދު އަޅުއްވައިދެއްވައިފި. #ޓީމްފެނަކަ (1/2) pic.twitter.com/SU2FuDZTkw
— Fenaka Corporation Ltd (@TeamFenaka) November 12, 2020
ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު ވިދާޅުވީ މަދަނޫގައި ފެނަކައިގެ އޮފީސް އެޅުމުގެ ސަބަބުން އެސަރަހައްދުގެ ރަށްތަކަށްވެސް އެކަމުގެ ފައިދާ ލިބިގެންދާނެކަމަށެވެ. އަދި މިމަޝްރޫއަކީ ސަރުކާރުން ރަށްރަށުގައި ދެމުންދާ ކަރަންޓުގެ ހިދުމަތްތައް ފުޅާކޮށް، ހަރުދަނާ ގޮތެއްގައި ދިނުމަށް ގާއިމްކުރެވޭ އޮފީހެއް ކަމަށެވެ.
ފެނަކައިންދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި އިންޖީނުގެތައް އެންމެ ޒަމާނީ ފެންވަރަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އިންޖީނުގެތަކާއިއެކު އޮފީސް އިމާރާތްތަކަށްވެސް ބޮޑެތި ބަދަލުތަކެއް އެކުންފުނިން ދަނީ ގެންނަމުންނެވެ. އަދި މިފެށޭ އަހަރުގެ ތެރޭގައި އެކުންފުނިން ދަނީ ގިނަ ރަށްތަކުގައި އެންމެ ޒަމާނީ އިންޖީނުގެ އެޅުމުގެ މަސައްކަތް ޕްލައިންކޮށްފައެވެ.
ކޮމެންޓު ފޮނުވާ