އިންތި ޗެއަރކުރައްވާ ޖުޑީޝަރީ ކޮމިޓީން ޒިންމާ އަދާނުކުރާކަމަށް ވިދާޅުވެ ނިހާދު ކޮމިޓީން އެކަހެރިވެއްޖެ

އިންތި ޗެއަރކުރައްވާ ޖުޑީޝަރީ ކޮމިޓީން ޒިންމާ އަދާނުކުރާކަމަށް ވިދާޅުވެ ނިހާދު ކޮމިޓީން އެކަހެރިވެއްޖެ

Author
މުޙައްމަދު ޖިމީ
27 އޭޕްރިލް 2022 03:34
0

ޤާނޫނީ ޒިންމާ އަދާނުކުރާކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ކޮމިޓީން އެކަހެރިވެވަޑައިގެންފިއެވެ.

ނިހާދު ވިދާޅުވީ ޤާނޫނީ ޒިންމާ އަދާނުކުރާ ކޮމިޓީއެއްގައި ހުންނަން ބޭނުންފުޅު ނުވާކަމަށެވެ. ޖުޑީޝަރީ ކޮމިޓީގައި ހުރި މުހިންމު ބޮޑެތި މައްސަލަތަކާއި ބިލްތައް ނުނިންމާ އަމިއްލަ އެދުމަށް އުޅުން "ކަޑަ"ކަމަށް ނިހާދު ވިދާޅުވިއެވެ. ކޮމިޓީން ނުނިންމާ މައްސަލަތަކުގެ ތަފްސީލްވެސް އޭނާ ހިއްސާކުރެއްވިއެވެ.

ޖުޑީޝަރީ ކޮމިޓީއަކީ އެމްޑީޕީގެ ޗެއަރޕާސަންކަމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ޗެއަރކުރައްވާ ކޮމިޓީއެވެ. އެމްޑީޕީގެ އެތެރޭގެ އިންތިޚާބާއި ގުޅިގެން ޕާޓީގެ އެތެރޭގައި ވަނީ ވަރަށް ބޮޑަށް ޚިޔާލުތަފާތުވެފައެވެ. އަދި އިންތި ފެކްޝަނާއި ފައްޔާޒް ފެކްޝަން ގެންދަވަނީ ބަހުގެ ހޫނު ހަމަލާތަކެއް ރައްދު ކުރައްވަމުންނެވެ.

އެމްޑީޕީ އެތެރޭގެ އިންތިޚާބުގައި ނިހާދު ތާއީދުކުރައްވަނީ މިނިސްޓަރ ފައްޔާޒްއަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.