ރެސިޕީ: ކްރީމް ޗީޒް ފޮރޮސްޓިންގ

ރެސިޕީ: ކްރީމް ޗީޒް ފޮރޮސްޓިންގ

Author
ފާތިމަތު ނާވީ
29 އޭޕްރިލް 2022 09:51
0

ކޭކަކީ އާންމުކޮށްވެސް ރޯދަމަހު ސުފުރާ ފަޅުފިލުވާލުމަށް އެންމެ މުހިންމު އެކައްޗެވެ. މީރު ކޭކަކަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެނީ އައިސިން ފޮރޮސްޓިންގ އަކުންނެވެ.

ބޭނުން ވާނެ ތަކެތި:

  • 1 1/2 ޖޯޑު އަންސޯލްޑެޓް ބަޓާރ
  • 1 ޖޯޑު ކްރީމް ޗީޒް
  • 4 ޖޯޑު އައިސިން ޝުގާ
  • 2 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް
  • އިނގިލި ކުރިން ހިފޭ ވަރުގެ ލޮނު ކޮޅެއް

ތައްޔާރު ކުރާނެ ގޮތް:

އިލެކްޓްރިކް މިކްސަރަކަށް އެންމެ ފުރަތަމަ ބަޓަރު ކޮޅު އަޅައި މަޑުވަންދެން މިކްސް ކޮށްލާށެވެ. ދެން ކްރީމް ޗީޒްކޮޅު އަޅައި ދޭތި ރަނގަޅަށް އެއްކޮށްލުމަށް ފަހު އެސެންސް އަދި ލޮނު ކޮޅުވެސް އަޅައި އެއްކޮށްލާށެވެ. ދެން އެއަށްފަހު އައިސިންގ ޝުގާ ކޮޅު އަޅައި ރަނގަޅަސް ހުރިހާ އެއްޗެއް އެއްވަންދެން މިކްސް ކޮށްލާށެވެ. މިހާރު ހުންނާނީ ކްރީމް ޗީޒް ފޮރޮސްޓިންގ ތައްޔާރުވެފައެވެ.
ކޮންމެ ކަހަލަ ކޭކެއްގެ މަތީގައި ޖެހުމަށްވެސް ކަމުދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.