ރެސިޕީ: ރޯސްޓެޑް ކޯލީފްލާވާ

ރެސިޕީ: ރޯސްޓެޑް ކޯލީފްލާވާ

Author
ފާތިމަތު ނާވީ
29 އޭޕްރިލް 2022 08:05
0

ކޯލީފްލާވާާއަކީ އޭގައި ގިނަގުނަ ފައިދާތަކެއް އެކުލެވޭ އެއްޗެކެވެ. ތުއްތު ދަރިފުޅަށް ކާންދޭން ފަށާއިރުވެސް ދިނުމަށް ރަނގަޅު އެއްޗެއްވެސް މެއެވެ.
މިއަދު މި ގެެނެސްދެނީ ހަށިގަނޑަށް ފައިދާހުރި އަދި ހާއްސަކޮން ޑައިޓް ކުރަށްވާ ބޭފުޅުންނަށް ވަރަށް ްކަމުދާނެ ރެސިޕީއެކެވެ.

ބޭނުންވާނެ ތަކެތި:

  • 1 މެދު ސައިޒުގެ ކޯލީފްލާވާ
  • 2 މޭޒުމަތީ ސަމުސާ އޮލިވްއޮއިލް
  • 1/2 ސައިސަމުސާ ގާލިކް ޕައުޑަރ
  • 1/2 ސައިސަމުސާ ލޮނު
  • 1/2 ސައިސަމުސާ އަސޭމިރުސް ޕައުޑަރު
  • 1/2 ސައިސަމުސާ ޕެޕަރިކާ

ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ ކޯލީފްލާވާ އެއްސައިޒަކަށް ކޮށާލާށެވެ. އެއަށް ފަހު ޓްރޭއެއް މަތީގައި އަތުރާ ލާށެވެ.
ތަަށްޓަކަށް ތެޔޮފޮދު އެޅުމަށްފަހު ލޮނު، އަސޭމިރުސް، ޕެޕަރިކާ އަދި ގާލިކް ޕައުޑަރު ކޮޅު އަޅައި އެއްކޮށްލާށެވެ. އަދި ބްރަޝްއެއް ބޭނުން ކޮށްގެން ކޯލިފްލާވާގެ ދެފަރާތުގައިވެސް އުނގުޅާލާށެވެ. ދެން 10  މިނިޓް ފިހެވުމުން ނަގައި ހަމަ އަލުން ބްރަޝްއިން ތައްޔާރު ކުރި އޮއިލްގެ ކޯޓެއް ދެފަރާތުގައިވެސް ލުމަށްފަހު އަނެއްކައިވެސް 10 މިނިޓަށް ފިހެލާށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.