ރެސިޕީ: ޗިކަން ލޮލީޕޮޕް

ރެސިޕީ: ޗިކަން ލޮލީޕޮޕް

Author
ފާތިމަތު ނާވީ
28 އޭޕްރިލް 2022 06:19
0

ޗިކަން ލޮލީޕޮޕަކީ ވަރަށް ކްރަންޗީ، ބަތާއެކުވެސް ބޭނުން ކުރެވޭ، އަދި ސައިޑް ޑިޝްއެއްގެ ގޮތުގައި ވެސް ބޭނުން ކުރެވޭނެ ރަހަމީރު އެއްޗެކެވެ. ސުފުރާމަތި ފަޅުފިލުވާލުމަށް ތަފާތު އެއްޗެއްގެ ގޮތުގައި ހަދައިލެވިދާނެ އެއްޗެކެވެ.

ބޭނުން ވާނެ ތަކެތި:

  • 2 ޗިކަން ބްރެސްޓް (ދެ އިންޗި ދެ އިންޗިން ކޮށާފައި)
  • 1 ޖޯޑު ފާރޮށި ކުނޑި (ބްރެޑްކްރަބްސް)
  • 1/3 ޖޯޑު މަޔޮނައިސް
  • 1/2 ސައިސަމުސާ ލޮނު
  • 1/2 ސައިސަމުސާ އަސޭމިރުސް
  • 1/2 މިރުސް ޕައުޑަރު
  • 1/2 ޖޯޑު ތެޔޮ
  • 5 ބާބެކިއު ސްޓިކް

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ތަށްޓަކަށް މަޔޮނައިސް، ލޮނު، އަސޭމިރުސް، މިރުސް އެޅުމަށްފަހު މިކްސް ކޮށްލާށެވެ. އެއަށް ފަހު ކުކުޅު ކޮޅު އަޅާފައި 30 މިނިޓް ވަންދެއް ބަހައްޓާށެވެ.

30 މިނިޓް ވުމުން ބާބެކިއު ސްޓިކް ތަކަށް ކުކުޅު ކޮޅު ލަށްވާލާށެވެ. އެއަށް ފަހު ފަތާ ތަށްޓަކަށް ފާރޮށި ކުނޑިކޮޅު އަޅާލާށެވެ. ދެން މަސްކޮޅުގައި ފާރޮށި ކުނޑި ކޮޅު ވަރަށް ރަނގަޅަށް އުނގުޅާލާށެވެ.

ތަވަޔަށް ތެޔޮ އެޅުމަށްފަހު އުނދުން މައްޗަށް އުދާށެވެ. ތެޔޮ ފޮދަށް ހޫނު ވުމުން މަސްކޮޅު އޭގައި ތެލުލާށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.