ނާޒިމާގެ ކެމްޕެއިން ހަރަކާތްތައް ވިލިމާލޭގައި ކުރިއަށް

ނާޒިމާގެ ކެމްޕެއިން ހަރަކާތްތައް ވިލިމާލޭގައި ކުރިއަށް

Author
މުޙައްމަދު ޝަޒައިމް
26 އޭޕްރިލް 2022 10:15
0

ޕީޕީއެމްގެ ފަރާތުން ޕާޓީގެ ފަރާތުން ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ ކެންޑިޑޭޓު ފާތިމަތު ނާޒިމާ ކެމްޕެއިން ހަރަކާތްތައް ފަށާއިފިއެވެ.

ވިލިމާލެ ޑަބްލިއުޑީސީއަށް އިންތިޚާބުގެ ކެމްޕެއިންގައި، ދާއިރާގެ ރައްޔިތުންގެ ތާއީދުކޮށް ހޯދުމަށް ނާޒިމާގެ ކެމްޕޭންޓީމުން ދޮރުން ދޮރަށް ޒިޔާރަތްކުރަން ފަށާފައިވާއިރު، އިއްޔެއާއި މިރޭވެސް ވަނީ ޕާޓީގެ ލީޑަރޝިޕްގެ ގިނަ ބޭފުޅުންނާއިއެކު ވިލިމާލޭގައި ޑޯޓުޑޯ ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ.

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ކަނަޑައަޅާފައިވާ ތާރީޚަކީ މެއި 14 ވަނަ ދުވަހެވެ. މިއިންތިޚާބު އޮންނަ ދުވަހު އެމްޑީޕީ ޗެއާޕާސަން އިންތިޚާބުވެސް ކުރިއަށް ދާނެއެވެ.

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުކަމުގެ ގޮނޑި ހުސްވެފައިވަނީި ކުރިން އެމަގާމުގައި ހުންނެވި އެމްޑީޕީގެ އައިމިނަތު އީމާން ނިޔާވުމުންނެވެ. އީމާން ނިޔާވެފައިވަނީ މިދިޔަ ފެބްރުއަރީ މަހު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުންދަނިކޮށް އޭޑީކޭ ހޮސްޕިޓަލުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.