ވެލިދޫ ދޯނި އެހެލާ ސަރަހައްދުގައި ރިވެޓްމަންޓް ޖަހަން ފަށައިފި

ވެލިދޫ ދޯނި އެހެލާ ސަރަހައްދުގައި ރިވެޓްމަންޓް ޖަހަން ފަށައިފި

Author
މުޙައްމަދު ޖިމީ
26 އޭޕްރިލް 2022 02:23
0

ނ. ވެލިދޫ ދޯނި އެހެލާ ސަރަޙައްދު ހެދުމުގެ މަޝްރޫޢުގެ ދަށުން، ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ. އެމްޓީސީސީން ބުނީ އެ މަސައްކަތް ފަށާފައިވަނީ މިމަހުގެ 24ގައިކަމަށެވެ.

ނ. ވެލިދޫ ދޯނި އެހެލާ ސަރަޙައްދު ހެދުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 2021 ވަނަ އަހަރުގެ އޭޕްރީލް 6ވަނަ ދުވަހުއެވެ. މިއީ 18.2 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން 3.48 ހެކްޓަރުގެ ބިން ހިއްކުމާއި 255 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ހަމަޖެހިފައިވެއެވެ. އަދި ބޭރުތޮށިލުމުގެ މަސައްކަތް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.