ރޯދަ އާއި ސުވާލު: އަނގައިން މީރުވަސް ދުއްވަން ބޭނުންކުރާ އެއްޗެއްގެ ސަބަބުން ރޯދަ ގެއްލޭނެތޯ؟

ރޯދަ އާއި ސުވާލު: އަނގައިން މީރުވަސް ދުއްވަން ބޭނުންކުރާ އެއްޗެއްގެ ސަބަބުން ރޯދަ ގެއްލޭނެތޯ؟

Author
ޑރ. މުޙައްމަދު ޢިޔާޒް ޢަބްދުއްލަތީފް
25 އޭޕްރިލް 2022 08:08
0

އަނގައިދުވާ ނުބައިވަސް ފިލުވާލުމުގެ ގޮތުން ދުލުގަޔާއި ދަތްތަކުގައި ހާކާލަން ބޭނުން ކުރާ އެއްޗެއްގެ ސަބަބުން ރޯދަ ގެއްލޭނެތޯ؟ މިއެއްޗެއް ތައްޔާރު ކުރެވިފައި ހުންނަނި އަނގައިތެރޭ ގައި އުފެދޭ ޖަރާޘީމާއި ނުބައިވަސް ފިލުވާލުމަށެވެ. އަދި މިތަކެތި އުފައްދާފައި ހުންނަނީ ކުދީނާ ފަތް ފަދަ ތަކެތި ބޭނުން ކޮށްގެންނެވެ؟

الحمد لله، والصلاة والسلام على رسول الله، صلى الله عليه وسلم، وبعد

އަނގައިން ވަސް ފިލުވުމަށް ބޭނުން ކުރާތަކެތި ކަރުތެރެއަށް ނުދާނަމަ މައްސަލަ އެއް ނެތެވެ.

ފަޟީލަތުއްޝައިޚް ޞާލިޙުލް ފައުޒާން- ރަޙިމަހުﷲ- އާއި ސުވާލު ކުރެވުނެވެ. އަނގައިގެ ވަސްފިލުވުމަށް ޚާއްޞަ ޢަޠަރެއް ފާމަސީ ތަކުގައި ހުރެއެވެ. އެއީ ފާޑެއްގެ ދުމެއް ކަހަލަ އެއްޗެކެވެ. މިތަކެތި ރަމަޟާން މަހު ރޯދަ އަށް ހުންނަ ވަގުތުގައި ބޭނުން ކުރެވިދާނެތޯއެވެ؟

ޖަވާބުގައި ވިދާޅުވިއެވެ. އަނގައިގާ މީރުވަސް ދުއްވަން ބޭނުން ކުރާ އެއްޗެއް ކަރުތެރެއަށް ނުދަނީނަމަ ރޯދަ އަކަށް އަޘަރެއް ނުކުރާނެއެވެ. ރޯދަ އަށް ހުރުމުގެ ސަބަބުން އަނގައިން ދުވާ ނުބައިވަހަކީ ގޯސްވަހެއް ނޫނެވެ. އެއީ ﷲ އަށް ކުއްތަންވުމުގެ ސަބަބުން ދުވާ ވަހެކެވެ. އަދި އެއީ ﷲ ގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑު ވަހެކެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (خلوف فم الصائم أطيب عند الله من ريح المسك) މާނައަކީ: "ރޯދަވެރިޔާގެ އަނގައިން ދުވާ ވަހަކީ ﷲ ގެ ޙަޟްރަތުގައި ބޮމަކަސްތޫރީގެ ވަހަށްވުރެ ހެޔޮކަން ބޮޑު އެއްޗެކެވެ." (އަލްމުންތަގާ މިން ފަތާވާ އައްޝައިޚް ޞާލިޙުލް ފައުޒާން 3/121). والله أعلم

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.