ބްރައުނީއަކީ ކޭކުގެ އާއިލާއަށް ނިސްބަތްވާ، ނަމަވެސް ކޭކަށްވުރެ ހަރު އަދި ކޭކު ފުފޭވަރަށް ވުރެ ކުޑަކޮށް ފުފިފައި ހުންނަ އެއްޗެކެވެ.

ބޭނުންވާނެ ތަކެތި:
- 12 މޭޒުމަތީ ސަމުސާ ބަޓަރު (ސޯލްޓެޑް)
- 2 މޭޒުމަތީ ސަމުސާ ތެޔޮ
- 3/4 ޖޯޑު އަންސްވީޓެންޑް ކޮކޯ ޕައުޑަރު
- 1 1/4 ޖޯޑު ހަކުރު
- 2 ބިސް
- 1 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް
- 1/4 ސައިސަމުސާ ލޮނު
- 3/4 ޖޯޑު ފުށް
- 1/2 ޖޯޑު ޗޮކްލެޓް ޗިޕްސް
ތައްޔާރު ކުރާނެ ގޮތް:
އެންމެ ފުރަތަމަ ބަޓަރު ކޮޅު މެލްޓް ކޮށްލާށެވެ. އެއަށް ފަހު ތެޔޮ އަދި ކޮކޯ ކޮޅު އަޅިގެން ރަނގަޅަށް އެއްކޮށްލާށެވެ. ދެން އެއަށް ފަހު ހަކުރު ކޮޅު އަޅައިގެން ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލުމަށް ފަހު ބިސް، އެސެންސް އަދި ލޮނު ކޮޅު އަޅައި އެއްކޮށްލާށެވެ. އެންމެ ފަހުން ފުށްކޮޅު އަދި ޗޮކްލެޓް ޗިޕްސް ކޮޅު އަޅައި އެއްކޮށްލާށެވެ.
ހަތަރެސް ކަން ޓްރޭއެއްގައި ބަޓަރު ކޮޅެއް ހާކާލާށެވެ. އަދި ތައްޔާރު ކުރި ބްރައުނީ ފުށްގަނޑު އަޅާ ލުމަށްފަހު ފިހެލާށެވެ. ރަނގަޅަށް ފިވެމުން ނަގައި ހިހޫ ކޮށްލުމަށް ފަހު ހަތަރެސްކަން ފޮއްޗަށް ވާގޮތަށް ކޮށާލާށެވެ.
ކޮމެންޓު ފޮނުވާ