ރެސިޕީ: ޗޮކްލެޓް ޗިޕްސް ކުކީ

ރެސިޕީ: ޗޮކްލެޓް ޗިޕްސް ކުކީ

Author
ފާތިމަތު ނާވީ
26 އޭޕްރިލް 2022 09:07
0

ކުކީ އަކީ ތައްޔާރު ކޮށްލުމަށްފަހު ފަހުން ބޭނުން ކުރުމަށްވެސް ބެހެއްޓޭފަދަ އެއްޗެކެވެ. އެގޮތުން ކުކީ ހެދުމަށްފަހު އެއަރ ޓައިޓް ޖާއެއްގައި ބެހެއްޓުމުން ގިނަދުވަސްތަކެއް ވަންދެން ހުންނާނެއެވެ.
މިއަދު މި ގެނެސްދެނީ ޗޮކްލެޓް ޗިޕްސް ކުކީސް ތައްޔާރު ކުރާނެގޮތެވެ. މިއީ ރޯދަމަހުގެ ބާކީ މިއޮތް ދުވަސްކޮޅަށް ވާވަރަށް ތައްޔާރުކުރުމަށްފަހު ބެހެއްޓުންވެސް ބުއްދި ވެރިއެއްޗެކެވެ.

ބޭނުންވާނެ ތަކެތި:

  • 1/2 ޖޯޑު ބަޓަރު (މެލްޓް ކޮށްފައި)
  • 1/2 ޖޯޑު ލައިޓް ބްރައުން ޝުގާ
  • 1/4 ޖޯޑު ހަކުރު
  • 1 ބިސް
  • 1 ސައިސަމުސާ ވެނީލާ އެސެންސް
  • 1/2 ސައިސަމުސާ ލޮނު
  • 1/2 ސައިސަމުސާ ބޭކިން ސޮޑާ
  • 1 1/2 ޖޯޑު ފުށް
  • 1 ޖޯޑު ޗޮކްލެޓް ޗިޕްސް

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ބަޓަރު، ބްރައުން ޝުގާ، އަދި ހަކުރު ކޮޅު އެއްކޮށްލާށެވެ. ރަނގަޅަށް އެއްވުމުން ބިސް، އެސެންސް، ލޮނު އަދި ބޭކިން ސޮޑާ ކޮޅު އަޅައިގެން ރަނގަޅަށް އެއްކޮށްލާށެވެ.
ހުރިހާ އެއްޗެއް ރަނގަޅަށް މިކްސް ވުމުން ފުށް ކޮޅު އަޅައި މަޑުމަޑުން އެއްކޮށްލާށެވެ. އެއަށް ފަހު ޗޮކްލެޓް ޗިޕްސް ކޮޅުވެސް އަޅައިގެން ރަނގަޅަށް އެއްކޮށްލާށެވެ.
ޓްރޭގައި ކުކީ ސްކޫޕްއެއް ބޭނުން ކޮށްގެން ދުރު ދުރުގައި ކުކީ ފުށްކޮޅު އަތުރާލާށެވެ. ކުކީ ސްކޫޕެއް ނެއްނަމަ އަތުން ވައްކޮށްލުމަށް ފަހު 5 އިންޗިގެ ދުރުމިނެއްގައި އަތުރާލުމަށްފަހު ފިހަން ލާށެވެ. ފިހެވެމުން ދާއިރު މަޑުމަޑުން ދާނީ ފެތުރެމުންނެވެ.
ފިހެ ނިމޭއިރު ކުކީ އިންނާނީ ފެތުރި ބޭރު ހަރުކޮށް ނަމަވެސް އެތެރެ މަޑުކޮށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.