ރެސިޕީ: ފަލޫދާ

ރެސިޕީ: ފަލޫދާ

Author
ފާތިމަތު ނާވީ
23 އޭޕްރިލް 2022 06:20
0

ގިނަ ރެސްޓޯރެންޓް ތަކުގައިވެސް ރޯދަވިއްލުމަށް ފިނި ބުއިމެއްގެ ގޮތުގައި ފަލޫދާ ހުރެއެވެ. އަދި މިއީ ދިވެހިންގެ މެދުގައި މަގުބޫލު ބުއިމެކެވެ.

މިއަދު މި ގެނެސްދެނީ ފަސޭހައިން ގޭގައި މީރުކޮށް ފަލޫދާ ތައްޔާރު ކުރެވިދާނެ ގޮތެވެ. ފަލުދާ އަކި ވެސް ތަފާތު ގޮތްގޮތަށް ތައްޔާރު ކުރެވިދާނެ ބުއިމެކެވެ.

ބޭނުން ވާނެ ތަކެތި:

  • 1/2 ކަޕް ގެރިކިރު
  • 1 ކަޕް ފެން
  • 1 ކަޕް ކިރު (ސްކިމްޑް މިލްކް)
  • 1 ކަޕް ރޯސްސިރަޕް
  • 3 ސްކޫޕް ވެނީލާ އައިސް ކްރީމް
  • 1/2 ކަޕް އިސްބަގުލް (ފެންއަޅައި މަސްލައްވާފައި)
  • 1/2 ޖޯޑު ޖެލީ ކޮށާފައި (ތަފާތު ފްލޭވާތައް ބޭނުން ކުރެވިދާނެ)

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ މިކްސަރަށް ފެން، ރޯސްސިރަޕް، ގެރިކިރު، އަދި ސްކިމްޑް މިލްކް އަޅައި މިކްސް ކޮށްލާށެވެ. މިކްސަރު ބޭނުން ކޮށްގެން ތައްޔާރު ކުރަން ބޭނުންނޫންމަ ޖަގެއްގައިވެސް ތައްޔާރު ކޮށްލެވިދާނެއެވެ.

ހުރިހާ އެއްޗެއް ރަނގަޅަށް ގިރުމުން އިސްބަގުލް ކޮޅު އަޅަައި ސަމުސަލަކުން ސިރަޕްގަނޑު ގިރާލާށެވެ. އެއަށްފަހު ކޮންމެ ތަށްޓެއްގެ މެދާހަމައަށް ސިރަޕް އެޅުމަށްފަހު ޖެލީ އަދި އައިސް ކްރީމް ކޮޅު އަޅައިލާށެވެ. އަނގަޔަށް މީރު ފިނިފިނި ފަލޫދާ މިހާރު ތައްޔާރުވީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.