ޕްރިޔަންކާގެ ދަރިފުޅަށް ނަން ކިޔައިފި

ޕްރިޔަންކާގެ ދަރިފުޅަށް ނަން ކިޔައިފި

Author
ފާތިމަތު ނާވީ
22 އޭޕްރިލް 2022 08:04
0

ބޮލީވުޑް އަދި ހޮލީވުޑްގެ އެކްޓްރެސް ޕްރިޔަންކާ ޗޯޕްރާ އަދި ލަވަކިއުން ތެރިއާ ނިކް ޖޯނަސް އެމީހުންގެ އަލަތު ދަރިފުޅަށް ނަން ކިޔައިފިއެވެ.

މި އަހަރުގެ ޖެނުއަރީ 15 ވަނަ ދުވަހު މި ދެމަފިރިންނަށް އަންހެން ކުއްޖަކު ލިބިފައިވާއިރު އެކުއްޖާ ވިހެއީ ދުވަސް ނުފުރާ ކަމުން ހޮސްޕިޓަލުގައި ގިނަ ދުވަސްތަކެއް ވަންދެއް ވަނީ ބާއްވާފައެވެ.

ޕްރިޔަންކާ ސަރޮގޭޓްކޮށްގެން ހޯދި އަންހެން ކުއްޖާގެ ނަމަކީ މާލްތީ މާރީ ޗޯޕްރާކަން ކުއްޖާގެ އުފަން ދުވަހުގެ ސެޓްފިކެޓާ ހަވާލާދީ ޓީއެމްޒީން ބުންޏެވެ. ނަމަވެސް އަދި މިކަން ރަސްމީކޮށް ޕްރިޔަންކާ ހާމައެއް ނުކުރެއެވެ.

ޕްރިޔަންކާ ދަރިފުޅަށް ނަން ކިޔާފައި މިވަނީ ނަމާއި ދޭތެރޭ ވަރަށް ވިސްނުމަށްފަހު ކަމަށް ޚަބަރުތައް ބުނެއެވެ. މި ނަމަކީ ސާންސްކްރިތީ ނަމެކެވެ. "މާލްތީ"ގެ މާނައަކީ ކުޑަކުޑަ މީރުވަސް ދުވާ މާ ނުވަތަ މޫންލައިޓް އެވެ.

ޕްރިޔަންކާ އާއި ނިކް ކައިވެނި ކޮށްފައިވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.