ތިން ސްކޫލެއްގައި މަލްޓިޕާޕަސް ހޯލް އަޅަން ބަޔަކާ ހަވާލުކޮށްފިއެވެ. އެ މަޝްރޫޢުތައް ހިންގުމަށް ނިންމާފައިވަނީ ރ.އިންނަމާދޫ ސްކޫލާއި، ހދ.މަކުނުދޫ ސްކޫލުގެ އިތުރުން ތ.މަޑިފުށީ ސްކޫލްގައެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ރ. އިންނަމާދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް 'އެއިމް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް' އާ ހަވާލުކުކޮށްފައިވަނީ 11,341,575.60ރ އަށްކަމށެވެ. މި މަޝްރޫޢު ނިންމަން ކަނޑައަޅަފައިވަނީ 325 ދުވަހުގެ ތެރޭގައެވެ.
ހދ. މަކުނުދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް ހަވާލުކޯށްފައިވަނީ 'އެއިމް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް' އާއެވެ. މި މަސައްކަތް ހަވާލުކުރީ 12,008,846.18ރ އަށް، 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ހދ. މަކުނުދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް 'އެއިމް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް' އާ ހަވާލުކުރުމުގެ އެގްރިމަންޓްގައި ސޮއިކުރުން.
މި މަސައްކަތް ހަވާލުކުރެވުނީ 12,008,846.18ރ އަށް، 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް. pic.twitter.com/6qkIu0o5UV— Ministry of Education (@MoEdumv) April 20, 2022
މީގެ އިތުރުން ތ. މަޑިފުށި ސްކޫލުގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް ހަވާލުކޯށްފައިވަނީ 'ޕަވަރޭ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް' އާއެވެ. މި މަސައްކަތް ހަވާލުކުރެވުނީ 9,148,413.11ރ އަށް، 330 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ތ. މަޑިފުށި ސްކޫލުގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް 'ޕަވަރޭ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް' އާ ހަވާލުކުރުމުގެ އެގްރިމަންޓްގައި ސޮއިކުރުން.
މި މަސައްކަތް ހަވާލުކުރެވުނީ 9,148,413.11ރ އަށް، 330 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް. pic.twitter.com/mo2uhip5Tj— Ministry of Education (@MoEdumv) April 20, 2022
ސަރުކާރުން އަންނަނީ ރާއްޖޭގެ ސްކޫލްތަކުގެ ޢުމްރާނީ ވަސީލަތް ތަރައްްޤީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެއް ދަންފަޅިއަށް ބަދަލުކުރުމަށް ގިނަ ޢިމާރާތްތަކެއް އެޅުން ކުރިއަށްދެއެވެ.
ކޮމެންޓު ފޮނުވާ