ދިވެހިންގެ މެދުގައި ޖޫގޯ އަކީ ވަރަށް މަގުބޫލު އެއްޗެކެވެ. ރޯދަ ވިއްލުމަށް މިއަދު މި ކިޔާލަދެނީ ބަނާނާ ބެރީ ޖުގޯ ތައްޔާރު ކުރާނެ ގޮތެވެ.

ބޭނުން ވާނެ ތަކެތި:
- މެދު ސައިޒެއްގެ ދޮންކެޔޮވަކެއް
- 1 ކަޕް ސްޓްރޯބެރީ
- 1 ކަޕް ބްލޫބެރި
- 1 ކަޕް ރާސްބެރީ
- 1 ސައިސަމުސާ ބަނާނާ އެސެންސް
- 3 މޭޒުމަތީ ސަމުސާ ހަކުރު
- 2 ސްޕޫކް ސްޓްރޯބެރީ އައިސްކްރީމް
- 2 ކަޕް އައިސް
- 1/2 ކަޕް ކިރު
ތައްޔާރު ކުރާނެ ގޮތް:
އައިސްކްރީމް ފިޔަވާ ހުރިހާއެއްޗެއް މިކްސަރަށް އަޅައި ރަނގަޅަށް ބްލެންޑް ކޮށްލާށެވެ. ބްލެންޑް ކޮށް ނިމުމުން ފުރާނާލާށެވެ. އެއަށް ފަހު ތަށްޓަށް އަޅައި އައިސްކްރީމް އެޅުމަށްފަހު ހޮޅިއެއް ޖަހާލާށެވެ. ބުއިމަށް ތައްޔާރުވީއެވެ.
ކޮމެންޓު ފޮނުވާ