ރެސިޕީ: ކެރެޓް ކޭކް

ރެސިޕީ: ކެރެޓް ކޭކް

Author
ޢަލީ އާދަމް
20 އޭޕްރިލް 2022 08:58
0

ރޯދަ ވީއްލުމަށް ނުވަތަ ތަރާވީހަށްވެސް ފޮނި ބާވަތެއް ތައްޔާރުކޮށްލުމަކީ ދިވެހިންގެ އާދައެކެވެ. މިއަދު މި ބަލާލަނީ އެގޮތުން ތައްޔާރުކޮށްލެވިދާނެ ފަސޭހަ ކޭކަކަށެވެ.

ބޭނުން ވާނެ ތަކެތި:

  • 500 ގްރާމް ކެރެޓް (ގާނާފައި)
  • 550 ގްރާމް މުގުރާފަ ހުރި ހަކުރު
  • 155 ގްރާމް ކަނަމަދު
  • 12 ގްރާމް ލޮނު
  • 450 ގުރާމް ފުށް
  • 10 ގްރާމް މުގުރި ފޮނިތޮށި
  • 7 ގްރާމް ބޭކިންގ ޕައުޑަރ
  • 2 ގްރާމް ބޭކިންގ ސޮޑާ
  • 500 ގްރާމް ކުކުޅު ބިސް
  • 400 މިލިލިޓަރ ކުކިންގ އޮއިލް

ތައްޔާރު ކުރާނެ ގޮތް:

ފުރަތަމަ ވެސް ގޮދަންފުށާއި ބޭކިންގ ޕައުޑަރ، ބޭކިންގ ސޮޑާ އަދި މުގުރި ފޮނިތޮށިކޮޅު ފުރޭންޏަކުން ފުރާނާލާށެވެ.

ދެން މިކްސަރަކުން ކުކުޅުބިސް ރަނގަޅަށް އޮލަވަންދެން މެދުމިނެއްގައި ގިރާލާށެވެ. އެއަށްފަހު ތެޔޮފޮދު އަޅާލާށެވެ. އެއަށްފަހު ބާރު ސްޕީޑުގައި 3 ވަރަކަށް މިނިޓު ގިރާލާށެވެ. ދެން ހަކުރު އެޅުމަށްފަހު އިތުރު 3 މިނިޓު ބާރު ސްޕީޑުގައި ގިރާލާށެވެ.

ދެން ތަންކޮޅެއް ފުން ތަށްޓަކަށް އަޅާލާށެވެ. މަދުމަދުން ފުށްކޮޅު އެއްކޮށްލާށެވެ. އެއަށްފަހު ގާނާފައިހުރި ކެރެޓާއި ކަނަމަދު އެއްކޮށްލާށެވެ.

ދެން އެއަށްފަހު ކޭކު ފިހުމަށް ތައްޔާރު ކޮށްފައި ހުރި ޓްރޭގައި 170 ޑިގްރީގައި، މައްޗަށް ރަނގަޅަށް ބްރައުން ކުލަ އަރަންދެން ފިހެލާށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.