ރެސިޕީ: ފިހުނު ކުކުޅު ފައި

ރެސިޕީ: ފިހުނު ކުކުޅު ފައި

Author
ފާތިމަތު ނާވީ
19 އޭޕްރިލް 2022 06:29
0

ކުކުޅުގެ ބާވަތްތަކަކީ ރޯދަމަހުވެސް ވަރަށް ހިނގާ ބާވަތްތަކެކެވެ. ތަފާތު ގޮތް ގޮތަށް ކުކުޅު ތައްޔާރު ކުރެވިދާނެއެވެ. ކުކުޅަކީ ހާއްސަކޮށް ތަރާވިހަށާއި ހާރުދަމަށް ސުފުރާ ފަޅުފިލުވާލުމަށް ކޮންމެހެން މުހިންމު އެއްޗެކެވެ.

މިއަދު މި ކިޔާލަދެނީ މީރު ގޮތަކަށް ކުކުޅު ފައި ފިހެލާނެ ގޮތެކެވެ. މި ރޯދަމަހުގައި ކޮންމެސް ދުވަހަކު ތައްޔާރު ކޮށްލުން ކިހިނެއް ވާނެހެއްޔެވެ.؟

ބޭނުން ވާނެ ތަކެތި:

  • 5 ކުކުޅު ފައި
  • 1/4 ކަޕް އޮލިވް އޮއިލް
  • 3 ލޮނުމެދު (ގާނާފައި)
  • 3 މޭޒުމަތީ ސަމުސާ ލުނބޯ ހުތް
  • 1/2 ސައިސަމުސާ ލޮނު
  • 1/2 ސައިސަމުސާ އަސޭމިރުސް
  • 1 ސައިސަމުސާ މަސްޓަޑު
  • 1 ސައިސަމުސާ ރީނދޫ
  • 2 މޭޒުމަތީ ސަމުސާ ޕްލޭން ޔޯގަޓް
  • 1 މޭޒުމަތީ ސަމުސާ ކުކުޅު ހަވާދު
  • 1/2 މޭޒުމަތީ ސަމުސާ ދިރި ޕައުޑަރު

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ލޮނުމެދު، ލުނބޯ ހުތް، ލޮނު، އަސޭމިރުސް، މަސްޓަޑު، ރީނދޫ، ޔޯގަޓް، ކުކުޅު ހަވާދު އަދި ދިރި ޕައުޑަރު އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. އެއަށް ފަހު ކުކުޅު ފައިތައް އަޅައި ރަނގަޅަށް މޮޑެލުމަށްފަހު މަތިޖަހާފައި ދޮޅު ގަޑިއިރު ވަންދެއް އައިސް އަލަމާރީގައި ބަހައްޓާށެވެ.

ރަނގަޅަށް ކުކުޅު ކޮޅު މެރިނޭޓް ވުމުން ތަވަޔަށް ތެޔޮ ފޮދު އަޅަައި މަޑުގިނީގައި ކުކުޅު ފައިކޮޅު ފިހެލާށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.