އިންޓަރ މިލާން މޮޅުވެ ދެވަނައަށް

އިންޓަރ މިލާން މޮޅުވެ ދެވަނައަށް

ގުޅުންހުރި

އިޓާލިއަން ލީގުގައި ރޭ ސްޕެޒިއާ އަތުން 3-1 އިން އިންޓަރ މިލާން މޮޅުވެއްޖެއެވެ.

ރަށުން ބޭރުގައި އިންޓަ އިން ސްޕެޒިއާއާ ބައްދަލުކުރި މެޗު ކާމިޔާބުކުރީ 3-1 އިންނެވެ. އޭރިއާ ތެރެއިން ލިބުނު ހުސް ފުރުސަތެއްގައި މެޗުގެ 31 ވަނަ މިނިޓުގައި އިންޓަ އަށް ލީޑު ނަގައިދިނީ މާސެލޯ ބްރޯޒޮވިޗްއެވެ. އަދި އިވާން ޕެރިސިޗް ނަގައިދިން ހުރަހަކުން މެޗުގެ 73 ވަނަ މިނިޓުގައި އިންޓަގެ ދެވަނަ ލަނޑު ޖަހައިދިނީ ލައުޓާރޯ މާޓިނޭޒްއެވެ.

ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައި ވަނިކޮށް ސްޕެޒިއާ އިން ލަނޑެއް ޖަހައި ފަރަގު ކުޑަ ކުރިއެވެ. ނަމަވެސް ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގައި މާޓިނޭޒް ހުސް ކޮށްލާފައި ދިން ބޯޅައަކުން އިންޓަގެ ތިންވަނަ ލަނޑު ޖަހައި، މެޗުން ތިން ޕޮއިންޓް ޔަގީން ކޮށްދިނީ އެލެކްސިސް ސަންޗޭޒްއެވެ.

އޭސީ މިލާން އެއްވަނައިގައި އޮތީ މިހާތަނަށް ކުޅުނު 33 މެޗުން ހޯދި 71 ޕޮއިންޓާ އެކު އެވެ. އަދި އިންޓަ މިލާން ދެވަނައިގައި އޮތީ އެއް މެޗު މަދުން ކުޅެ 69 ޕޮއިންޓް ހޯދައިގެންނެވެ. އޭސީ މިލާނަށް ބާކީ ފަސް މެޗު އޮތް އިރު އިންޓަ މިލާނަށް ބާކީ ހަ މެޗު އެބަ އޮތެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ