މަޖިލީހުގެ ބޮޑު އަގްލަބިއްޔަތެއް ފައްޔާޒަށް ތަޢީދުކުރަނީ މަޖުބޫރުކަމެއް ނެތި: އިކްރާމް

މަޖިލީހުގެ ބޮޑު އަގްލަބިއްޔަތެއް ފައްޔާޒަށް ތަޢީދުކުރަނީ މަޖުބޫރުކަމެއް ނެތި: އިކްރާމް

Author
މުޙައްމަދު ޖިމީ
16 އޭޕްރިލް 2022 12:47
0

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ބޮޑު އަޣްލަބިއްޔަތެއް އެމްޑީޕީގެ ޗެއަރޕާސަންކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް ގެނައުމަށް ތަޢީދުކުރަނީ އެއްވެސް މަޖުބޫރުކަމެއް ނެތި،  އެމްޑީޕީ ހިންގާލަން ބޭނުންވާތީކަމަށް ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއަރޕާސަންކަމަށް ވާދަކުރައްވާ ފައްޔާޒްގެ ފެކްޝަނާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީގެ ފަހުމީގެ ފެކްޝަން ގެންދަވަނީ ބަހުގެ ހޫނު ހަމަލާތަކެއް ރައްދުކުރަމުންނެވެ. ވާދަވެރިކަން ބޮޑުވެ ކެމްޕެއިންގެ ފޯރި ވަނީ ގަދަވެފައެވެ.

އިކްރާމް ވިދާޅުވީ މަޖިލީހުގެ އެމްޑީޕީގެ 65 މެންބަރުންގެ ތެރެއިން 40 އަށް ވުރެ ގިނަ މެންބަރުންނާއި ޚާއްޞަކޮށް މަޖިލީހުގައި ތިއްބެވި 4 އަންހެން މެންބަރުންގެ ތެރެއިން 3 އަންހެން މެންބަރުންނާއި ދާއިރާތަކުގެ ރައީސުންގެ ބޮޑު މެޖޯރިޓީއެއް މިނިސްޓަރ ފައްޔާޒް އަދި އަންހެނުންގެ ރޫހުގެ ރައީސްކަމަށް ރޮޒައިނާ އިންތިޚާބުކުރުމަށް ތަޢީދުކުރަނީ އެއްވެސް މަޖުބޫރުކަމެއް ނެތިކަމަށެވެ. އަދި ހަގީގަތުގައިވެސް އެމްޑީޕީ ހިންގާލެވޭނީ މިނިސްޓަރ ފައްޔާޒާއި ރޮޒައިނާއަށްކަމަށް ޤަބޫލުކޮށްގެންކަމަށް އިކްރާން ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބު އޮންނާނީ އަންނަ މަހުގެ 14ގައެވެ.

އިންތިޚާބުގެ ކެމްޕެއިންގެ ވާދަވެރިކަން ބޮޑުވެފައިވާއިރު، އިންތިގެ ޓީމުން ދަނީ ފައްޔާޟަށް އަމާޒުކޮށް، ސަރުކާރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒު ކުރަމުންނެވެ. އެގޮތުން ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމުގައި ފަހަތުފަޔަށް ބުރަވާ ވާހަރތަކާއި، ވައްކަމާއި ކޮރަޕްޝަން އިންތިހާއަށް އޮތްކަމަށް އިންތިގެ ޓީުންދަނީ ތުހުމަތު ކުރަމުންނެވެ. ނަމަވެސް ފައްޔާޟުގެ ޓީމުން ދަނީ މިހުރިހާ ވާހަކަތަކެއް ދޮގު ކުރަމުންނެވެ.

 

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

ސ ސަމަދު
ތީކީއެމްޑީޕީމީހެއްނޫން