މާލެ އަތޮޅުގައި އެމްޑީޕީއަށް މެންބަރުން އިތުރުކުރަން ޖެހިފައިވާކަމަށް ޗެއަރޕާސަންކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.
އަންނަ މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގެ ކެމްޕެއިންގައި މާލެ އަތޮޅުގެ ރަށްތަކަށް ވަޑައިގަތުމަށްފަހު މިނިސްޓަރ ފައްޔާޒް ވިދާޅުވީ، މާލެ އަތޮޅު އެމް.ޑީ.ޕީގެ ހަރަކާތްތައް އިތުރަށް ހިންގާ ޕާޓީގެ މެންބަރޝިޕް ޑްރައިވް ކުރަންޖެހޭކަން މިއަތޮޅުގެ ރަށްތަކަށް ދެވުމުން ވަރަށް ސާފުކޮށް މެންބަރުން ދަންނަވައިފިކަމަށެވެ. މިއަތޮޅަކީ އިޤްތިޞާދީ ގޮތުން ވަރުގަދަ އަތޮޅެއްކަމަށާއި، މާލެ އަތޮޅު މާބޮޑަށްވެސް ހިންގާލަން ޖެހޭކަމަށް ފައްޔާޒް ވިދާޅުވިއެވެ.
މާލެ އަތޮޅު އެމް.ޑީ.ޕީގެ ހަރަކާތްތައް އިތުރަށް ހިންގާ ޕާޓީގެ މެންބަރޝިޕް ޑްރައިވް ކުރަންޖެހޭކަން މިއަތޮޅުގެ ރަށްތަކަށް ދެވުމުން ވަރަށް ސާފުކޮށް މެންބަރުން ދަންނަވައިފި. މިއަތޮޅަކީ އިޤްތިޞާދީ ގޮތުން ވަރުގަދަ އަތޮޅެއް. މާލެ އަތޮޅު މާބޮޑަށްވެސް އަޅުގަނޑުމެން #MDPHingaalan ޖެހޭ
— Fayyaz Ismail (@faya_i) April 15, 2022
ވާދަވެރިކަން ބޮޑުވެފައިވާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި މިނިސްޓަރ ފައްޔާޟާއި، ރޮޒޭނާއަކީ ސަރުކާރުގެ ކެނޑިޑޭޓުންކަމަށް ވާދަކުރައްވާ އިންތިގެ ޓީމުން ދަނީ ބުނަމުންނެވެ. އަދި ސަރުކާރުގެ މުދަލާއި، ތަކެތި ބޭނުންކޮށްގެން ކެޕެއިން ކުރާ މައްސަލަވެސް އިންތިގެ ޓީމުން ވަނީ ހުށަހަޅާފައެވެ.
އިންތިޚާބުގެ ކެމްޕެއިންގެ ވާދަވެރިކަން ބޮޑުވެފައިވާއިރު، އިންތިގެ ޓީމުން ދަނީ ފައްޔާޟަށް އަމާޒުކޮށް، ސަރުކާރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒު ކުރަމުންނެވެ. އެގޮތުން ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމުގައި ފަހަތުފަޔަށް ބުރަވާ ވާހަރތަކާއި، ވައްކަމާއި ކޮރަޕްޝަން އިންތިހާއަށް އޮތްކަމަށް އިންތިގެ ޓީުންދަނީ ތުހުމަތު ކުރަމުންނެވެ. ނަމަވެސް ފައްޔާޟުގެ ޓީމުން ދަނީ މިހުރިހާ ވާހަކަތަކެއް ދޮގު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ