ރޯދަ ވީއްލާ ގަޑީގައި ތަފާތު ވައްތަރެއްގެ މެއިން ޑިޝްއެއް ހުރުން ވަަރަށް މުހިންމެވެ. ހެދިކާގެ އިތުރުން މިފަދަ އެއްޗެއް ރޯދަވިއްލާ ގަޑިއަށް ވަރަށް މުހިންމެވެ.
މިއަދު މިގެނެސްދެނީ ކްރީމީ ޗިކަން ޕާސްތާ ތައްޔާރު ކުރާނެ ގޮތެވެ. ރޯދަވިއްލާ ނުވަތަ ތަރާވީހަށްވެސް ކަމުދާނެ ބާވަތެކެވެ.

ބޭނުން ވާނެ ތަކެތި:
- 226 ގްރާމު ޕާސްތާ
- 1/2 ކަޕް ފުށް
- 3/4 މޭޒުމަތީ ސަމުސާ ލޮނު
- 1/2 މޭޒުމަތި ސަމުސާ ބްލެކް ޕެޕާ ޕައުޑަރު
- 1/4 މޭޒުމަތީ ސަމުސާ އިނގުރު (ގާނާފައި)
- 1/4 މޭޒުމަތީ ސަމުސާ ލޮނުމެދު (ގާނާފައި)
- 1/4 ސައިސަމުސާ ޕެޕަރިކާ
- 453 ގްރާމު ކުކުޅު
- 2 މޭޒުމަތީ ސަމުސާ އޮލިވްއޮއިލް
- 2 މޭޒުމަތި ސަމުސާ ބަޓަރު
- 1 ބޮޑު ފިޔާ (ޗޮޕްކޮށްފައި)
- 1 ކަޕް ޗިކަން ބްރޮތު
- 1 ކަޕް ހެވީ ކްރީމް
- 1 ސައިސަމުސާ އިޓާލިއަން ސީސަނިންގ
- 1/4 ކަޕް ޕާމަސަން ޗީޒް
- ޕާސްލޭ ކޮޅެއް ކުދިކުދިކޮށް ކޮށާލާފައި
ތައްޔާރު ކުރާނެ ގޮތް:
ފެން ފޮދެއް ތެރެއަށް ތެޔޮ ފޮދެއް އަޅައި ޕާސްތާ ކޮޅު ކައްކާލާށެވެ.
ތަށްޓެއްގައި ލޮނު، ޕެޕާ، ޕެޕަރިކާ އެއްކޮށްލުމަށްފަހު ކުކުޅު ކޮޅު އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. އެއަށް ފަހު ކުކުޅު ކޮޅު ސެޓްކުރުމަށް 30 މިނިޓް ބަހައްޓާށެވެ.
30 މިނިޓް ވުމުން އޮލިވް އޮއިލް ކޮޅު އަޅައިގެން ކުކުޅު ކޮޅު ފިހެލާށެވެ. އެއަށް ފަހު ކުކުޅު ކޮޅު ތަށްޓަކަށް އަޅާށެވެ. އަދި ކުކުޅު ކޮޅު ހެދުމަށް ބޭނުން ކުރި ތަވާގައި ބަޓަރު ކޮޅު އަޅައި ދިޔާވުމުން ފިޔާ، ލޮނުމެދު، އިނގުރު އަޅައި ފިޔާކޮޅު ރަތްވަންދެން ބަހައްޓާށެވެ.
ދެން ޗިކަން ބްރޮތު އަޅައި ކެކެން ފެށުމުން ހެވީ ކްރީމް އަދި އިޓާލިއަން ސީސަނިން އަޅައި ކައްކާލާށެވެ. ރަނގަޅަށް ކެކެން ފެށުމުން ފުށްކޮޅު އަޅައި އެއްކޮށްލުމަށްފަހު ޗީޒް ކޮޅުވެސް އަޅާށެވެ. އެއަށްފަު ކުކުޅު އަދި ޕާސްތާ އަޅައި އެއްކޮށްލާށެވެ.
ތަވާ ބޭލުމަށްފަހު ޕާސްލޭ ކޮޅު މައްޗަށް ބުރުވާލާށެވެ. އޭރުން ހުންނާނީ ކްރީމީ ޗިކަން ޕާސްތާ ތައްޔާރުވެފައެވެ.
ކޮމެންޓު ފޮނުވާ