ރެސިޕީ: މާޝްމެލޯ ވިތު ޗޮކްލެޓް މިލްކް ޝޭކް

ރެސިޕީ: މާޝްމެލޯ ވިތު ޗޮކްލެޓް މިލްކް ޝޭކް

Author
ފާތިމަތު ނާވީ
16 އޭޕްރިލް 2022 07:26
0

ޗޮކްލެޓްގެ ބާވަތްތަކަކީ ދިވެހިންގެ މެދުގައި ވަރަށް ހިނގާ ބާވަތްތަކެކެވެ. އަދި ހަމަ އެހެންމެ މާޝްމެލޯ އަކީ ކުޑަކުދިންގެ މެދުގައި ވަރަށް މަގުބުލު އެއްޗެކެވެ. މިއަދު މި ކިޔާދެނީ މިދެބާވަތް ހިމަނައިގެން ތައްޔާރުކޮށްލެވޭނެ މީރު ބުއިމެކެވެ.

ބޭނުން ވާނެ ތަކެތި:

  • 250 އެމްއެލް ހޯލް މިލްކް
  • 2 ސްކޫޕް އައިސް ކްރީމް
  • 5 މާޝްމެލޯ
  • 30 އެމްއެލް ވިޕްޑް ކްރީމް
  • 1 މޭޒުމަތި ސަމުސާ ހެޒުލް ނަޓް
  • 1 މޭޒުމަތީ ސަމުސާ ހެޒުލްނަޓް ސްޕްރެޑް (އޮޕްޝަނަލް)

ތައްޔާރު ކުރާނެ ގޮތް:

މިކްސަރަށް ކިރު އަދި އައިސްކްރީމް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. އެއަށް ފަހު ތަށްޓަކަށް އަޅައި ވިޕްޑް ކްރީމް ކޮޅު އަޅައިލާށެވެ. އެއަށް ފަހު ހެޒުލް ނަޓް އަދި މާޝް މެލޯއިން ޑެކަރޭޓް ކޮށްލާށެވެ. ދެން ހެޒުލްނަޓް ސްޕްރެޑް ކޮޅުވެސް އަޅައި ހޮޅިއެއް ޖެހުމުން މާޝްމެލޯ ވިތް ޗޮކްލެޓް މިލްކް ޝޭކް ތައްޔާރުވީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.