ރޯދަވީއްލާ ގަޑީގައި ފިނި ބުއިމެއް ހުރުމަކީ ކޮންމެހެންވެސް ބޭނުން ކަމެކެވެ. އެއީ އަދި ފަންޏެއް ވިޔަސް ޖޫހެއް ވިޔަސް މިލްކްޝޭކެއް ވިޔަސް އެވެ.
މިއަދު މި ގެނެސްދެނީ ވެނީލާ މިލްކްޝޭކް ތައްޔާރު ކުރާނެގޮތެވެ. މިއީ މިލްކްޝޭކަށް ލޯބިކުރާ ބޭފުޅުންނަށް ވަރަށް ރަނގަޅު ބުއިމަކަށް ވާނެއެވެ.

ބޭނުން ވާނެ ތަކެތި:
- 200 ގްރާމް ވެނީލާ އައިސްކްރީމް
- 500 އެމްއެލް ހޯލް މިލްކް
- 2 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް
- ވައިޓް ޗޮކްލެޓް (މެލްޓް ކޮށްފައި)
ތައްޔާރު ކުރާނެ ގޮތް:
އެންމެ ފުރަތަމަ މިކްސަރަށް އައިސް ކްރީމާއި މިލްކް އަދި ވެނީލާ އެސެންސް ކޮޅު އަޅައި ރަނގަޅަށް ބްލެންޑް ކޮށްލާށެވެ. އެއަށް ފަހު ތަށްޓަކަށް އަޅައި ބޭނުން ނަމަ އައިސްކްރީމް ސްޕޫން އެއް އަދި މައްޗަށް މެލްޓެޑް ވައިޓް ޗޮކްލެޓް ކޮޅު އަޅާލާށެވެ.
ކޮމެންޓު ފޮނުވާ