ކަރަންޓު ކެނޑުނީ ކޭބަލަކަށް ގެއްލުންވެގެން، މިހާރު ކަރަންޓުދެނީ އިންޓަކަނެކްޝަން ގްރިޑުން: ސްޓެލްކޯ

ކަރަންޓު ކެނޑުނީ ކޭބަލަކަށް ގެއްލުންވެގެން، މިހާރު ކަރަންޓުދެނީ އިންޓަކަނެކްޝަން ގްރިޑުން: ސްޓެލްކޯ

Author
މުޙައްމަދު ޖިމީ
14 އޭޕްރިލް 2022 12:01
0

މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވަނީ އެކުންފުނީގެ މައި ޑިސްޓްރިބިއުޝަން ކޭބަލަކަށް ގެއްލުންވެގެންކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ، އެޗްޑީސީން ހުޅުމާލޭގެ މަގު ހެދުމުގެ ތެރޭގައި މިކުންފުނީގެ މައި ޑިސްޓްރިބިއުޝަން ކޭބަލަކަށް ގެއްލުންވެ، ގްރޭޓާމާލޭ އިންޓަކަނެކްޝަން ގްރިޑްގެ ހިދުމަތް ވަނީ މެދުކެނޑިފައިކަމަށެވެ. މިހާރު މާލޭގެ ބައެއް ސަރަހައްދުތަކަށް ކަރަންޓު ދެމުން ގެންދަނީ އިންޓަކަނެކްޝަން މެދުވެރިކޮށް ހުޅުމާލެއިންކަމަށްވާތީ، އިންޓަކަނެކްޝަން އޮޕަރޭޝަނަށް ގެނެވެންދެން މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް ވަނީ މެދުކެނޑިފައިކަމަށް ސްޓެލްކޯއިން ބުންޏެވެ.

އެކުންފުނިން ބުނީ ވީއެންމެ އަވަހަކަށް އިންޓަރކަނެކްޝަން އޮޕަރޭޝަނަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށެވެ.

މިދުވަސްވަރަކީ ރާއްޖެއަށް ހޫނުގަދަ ދުވަސްވަރެއްކަމުން، މި ދުވަސްވަރު ކަރަންޓު އިޤްތިޞާދުކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ސްޓެލްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ. ދޭތެރެ ދޭތެރެއިން ވާރޭވެހުނު ކަމުގައި ވީނަމަވެސް އާންމު ގޮތެއްގައި މިދުވަސް ވަރަކީ ހޫނު ގަދަ ދުވަސް ވަރެކެވެ. ވޭތުވެދިޔަ 29 އަހަރު ދުވަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އޭޕްރީލްމަހަކީ ރާއްޖެއަށް އެންމެ ހޫނުގަދަ މަސްކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.