ރެސިޕީ: ލެމަން ބުލޫބެރީ ކޭކް

ރެސިޕީ: ލެމަން ބުލޫބެރީ ކޭކް

Author
ފާތިމަތު ނާވީ
15 އޭޕްރިލް 2022 07:40
0

ލެމަން ބުލޫބެރީ ކޭކަކީ ޑެޒާޓަކަށް ތައްޔާރުކޮށްލުމަށް ވަރަށް ފައްކާ ބާވަތެކެވެ. މިއީ ވަރަށް ސޮފްޓް ބެރީގެ ރަހަ އަދި ހަމައެއާއެކު ލެމަން ފޮރެސްޓިންގ އާއެކުގައި ވަރަށް މީރު ބާވަތެކެވެ.

ބޭނުން ވާނެ ތަކެތި:

  • 3 ޖޯޑު ފުށް
  • 1 1/2 ޖޯޑު ހަކުރު
  • 1 މޭޒުމަތީ ސަމުސާ ކޯންސްޓާޗް
  • 2 މޭޒުމަތީ ސަމުސާ ބޭކިންގ ޕައުޑަރު
  • 1/2 މޭޒުމަތީ ސަމުސާ ބޭކިން ސޮޑާ
  • 1/2 ސައިސަމުސާ ލޮނު
  • 1/2 ކަޕް ބަޓަރު
  • 3/4 ކަޕް ބަޓާމިލްކް
  • 1/2 ކަޕް ވެޖިޓިބަލް އޮއިލް
  • 2 މޭޒުމަތީ ސަމުސާ ލުނބޯ ތޮށި (ގާނާފައި)
  • 1/4 ކަޕް ލުނބޯ ހުތް
  • 4 ބިސް
  • 1/2 ސައި ސަމުސާ ވެނީލާ އެސެންސް
  • 2 1/2 ކަޕް ބުލޫ ބެރީ
  • 1 ކަޕް ލެމަން ފްރޮސްޓިންގ

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ފުށް، ހަކުރު، ކޯންސްޓާޗް، ބޭކިންގ ޕައުޑަރު، ބޭކިން ސޮޑާ، އަދި ލޮނު ކޮޅު އެއްކޮށްލާށެވެ.

އިލެކްޓްރިކް މިކްސަރ އަކުން ބަޓަރު ރަނގަޅަށް މިކްސް ކޮށްލާށެވެ. އެއަށް ފަހު އިތުރު ތައްޓެއްގައި ބަޓާ މިލްކް ކޮޅު ރަނގަޅަށް ސްމޫތް ވަންދެއް މިކްސް ކޮށްލާށެވެ. އެއަށް ފަހު ލުނބޯ ހުތް ކޮޅު، ބިސް، ތެޔޮ، އެސެންސް އެއްކޮށްލާށެވެ.

އެއަށް ފަހު ހުރިހާ އެއްޗެއް އެއްތަށްޓަކަށް އަޅައި އެއްކޮށްލުމަށް ފަހު ފިހެލާށެވެ. ކޭކް ފިހެވުމުން އައިސިން ޖެހުމަށް ތިން ފޮއްޗަށް ފޮތި ކޮށްލާށެވެ.

އެއަށް ފަހު ކޭކު ލޭއާ އަކަށް ފަހު ބުލޫބެރި ލެމަން ފޮރެސްޓް ރަނގަޅަށް ހާކައިލާށެވެ. އެއަށް ފަހު ލުނބޯ ތޮށި ކޮޅެއް ބުރުވާލާށެވެ. މި ގޮތަށް ތިން ލޭޔާ ރިޕީޓް ކޮށްލާށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.