ހެލްތް މިނިސްޓަރުގެ ސްލޮޓް އެމްޑީޕީއަށް ދޫކޮށްލީ ޤާސީމްގެ ރުހުމާއިއެކު: ރައީސް

ހެލްތް މިނިސްޓަރުގެ ސްލޮޓް އެމްޑީޕީއަށް ދޫކޮށްލީ ޤާސީމްގެ ރުހުމާއިއެކު: ރައީސް

Author
މުޙައްމަދު ޝަޒައިމް
11 ނޮވެމްބަރ 2020 11:03
0

ސަރުކާރު ކޯލިޝަންގެ ޖުމްހޫރީ ޕާޓީގެ އެންމެ ވަރުގަދަ އެއް ސްލޮޓްގެ ގޮތުގައި އޮތް ޖުމްހޫރީ ޕާޓީގެ ސްލޮޓް ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއަށް ދޫކޮށްލާފައިވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ފުރިހަމަ ތާއީދާއި ރުހުމާއި އެކުގައިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓަރުގެ ސްލޮޑް އެމްޑީޕީއަށް ދީފައިވާ ގޮތް ސާފު ކޮށްދެއްވަމުން ރައީސް ޞާލިހު ވިދާޅުވީ ހެލްތު ދާއިރާއަކީ ވަރަށް އިސްކަން ދެއްވައިގެން ބަލަހައްޓަވާ ދާއިރާއެއްކަމަށެވެ. އެދައިރާގެ މިނިސްޓަރު މަޤާމުން އިސްތިއުފާ ދެއްވުމުން ޤާސިމް ނަންތަކެއްވެސް ފޮނުވިކަމަށާއި، ނަމަވެސް ނަންތަކަށް ބެލުމަށްފަހު އެދާއިރާ ދޫކޮށްލެއްވުމަށް ޤާސިމްގެ އަރިހުން އެދިވަޑައިގެންނެވިކަމަށެވެ.

ހެލްތު މިނިސްޓްރީގެ ކަންކަމުގައި ޤާސިމްއާއި މަޝްވަރާކުރިން. ޤާސިމް ބޭނުންވީ ޖުމްހޫރީ ޕާޓީއަށް އެމަޤާމުން ދިނުމަށް. ނަންވެސް ފޮނުވި. އަޅުގަނޑު އެދުނިން އަޅުގަނޑަށް އެދާއިރާ ދޫކޮށްލުމަށް. އަޅުގަނޑުގެ ޗޮއިސްއަށް ދޫކޮށްލެއްވުމަށް. ދެންނެވުމުން ވިދާޅުވީ ޤައުމުގައި ހުރި ކަންކަން ހައްލުކޮށް މެނިފެސްޓޯ ތަންފީޒު ކުރުމަށް ތާއީދު ކުރާނަމޭ. މިކަމުން ފެނިގެން ދިޔައީ ޤާސިމްގެ އަމިއްލަ މަސްލަތަހަތާއި ޕާޓީގެ މަސްލަހަތު އެއްފަރާތް ކުރެއްވިތަން.

– ރައީސް ޞާލިހު ވިދާޅުވިއެވެ.

ޖޭޕީގެ ސްލޮޓްގައި ހެލްތު މިނިސްޓަރުގެ މަޤާމު ފުރުއްވަމުންދިޔަ ޢަބްދުﷲ އަމީން އެމަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން އެމަޤާމަށް ބޭފުޅަކު އައްޔަންކުރުމަށް ޖޭޕީން ހުށަހެޅި ތިން ނަންވެސް ޤަބޫލުނުކޮށް ރައީސް ވަނީ އެމަޤާމު އެމްޑީޕީގެެ ބޭފުޅަކަށް ދެއްވާފައެވެ.

ޖުމްހޫރީ ޕާޓީން ހެލްތު މިނިސްޓަރަކަށް ހުށަހެޅި ތިން ބޭފުޅުން:

1. އާދަމް އާޒިމް / އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ

2. ޝާހު މާހިރު / ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ

3. ހުސެއިން ރަޝީދު / ކުރީގެ ޖޭޕީގެ ސެކެރެޓަރީ ޖެނެރަލް

މިބޭފުޅުންގެ ތެރެއިން ހެލްތު މިނިސްޓަރަކަށް އައްޔަން ކުރާނެކަމަށް ޖޭޕީގެ ގިނަ ބޭފުޅުންގެ އަދި ގިނަބަޔަކުވެސް ދެކެމުންދިޔައީ މިހާރުގެ އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަ އާދަމް އާޒިމެވެ. ނަމަވެސް ފަހު ވަގުތު މިނަންތައް ބަލައި ނުގަނެ އެމްޑީޕީގެ ބޭފުޅަކަށް މި މަޤާމު ދިން ސަބަބެއް ޖޭޕީއަށްވެސް އަންގާފައި ނުވެއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަން ކުރައްވަމުންދަނީ ވަރަށްގިނަ ބައެއްގެ މަޝްވަރާއާއި އެކުގައިކަމަށެވެ. ވަކި މީހަކު ދުރައްލައި ވަކި މީހަކު ކައިރިކޮށްގެން ވެރިކަން ކުރުމަކީ ގެންގުޅޭ ސިޔަސަތެއް ނޫންކަމަށެވެ. އަދި ސަރުކާރު ތެރެއިން މިހާތަނަށް ސޮލޮޓްތަކަށް ބަދަލު ގަނައި ދާއިރާތަކަށް ބަދަލު ގެނެސްފައިވަނީ އެޕާޓީތަކުގެ ލީޑަރުންގެ ރުހުމާއި އެކުގައިކަމަށް ރައީސް ވިދާޅުވިއެވެ.

އަޅުގަނޑަކީ ވަރަށް ގިނަ މީހުންނައި މަޝްވަރާކޮށްގެން ކަންކަން ކުރާ މީހެއް. އިދިކޮޅު ފަރާތްތަކާއިވެސް އަޅުގަނޑު ހުންނަނީ ކަންތައްތަކާއި މަޝްވަރާކޮށްފަ. އަޅުގަނޑަކީ ވަކި މީހަކު ކައިރިކޮށްފަ، ވަކި މީހަކު ދުރަށްލާނެ މީހެއްނޫން. އަޅުގަނޑު ކަންކަން ނިންމާނީ މަޝްވަރާކޮށްގެން. އޭގެ ތެރޭގައި އަޅުގަނޑުމެންގެ ތެރޭގައި ތިބި މީހުންނާއި ވެސް މަޝްވަރާކުރަން. މިހާތަނަށް ނިންމި ހުރިހާ ނިންމުމެއްވެސް ނިންމާފައިވާނީ ޕާޓީތަކުގެ ލީޑަރުންނާއި ވަހަކަ ދައްކައި ލީޑަރުންގެ ރުހުމާއިއެކު.

– ރައީސް ޞާލިހު ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރަކަށް އައްޔަން ކުރެއްވި ނަސީމަކީ އެމްޑީޕީގެ ޚާރިޖީ މަސައްކަތުގައ ގިނަ ދުވަސް ވަންދެން ހަރަކާކްތެރިވެ، އަދި ރައީސް ނަޝީދުގެ ވެރިކަމުގައި ފޮރިން މިނިސްޓަރުގެ މަޤާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.