މދެކުނުގެ މަސްވެރިކަން ރަނގަޅުވެ، މަސްކިރުމުގައި ހުރި ކަންބޮޑުވުންތަކަށް ސަރުކާރުން ހައްލުގެނެސް، މަސްކިރޭނެ ގޮތް ހަމަޖައްސައިފިއެވެ.
ދެކުނުގެ މަސްވެރިކަން ރަނގަޅުވެ، މަސްބާނާ މިންވަރު އިތުރުވުމާއި ގުޅިގެން ގިނަ އަދަދެއްގެ މަސްދޯނިތަކުން އިއްޔެ ވަނީ ކޫއްޑޫ ކައިރީގައި މަސްކިރޭނެ ގޮތެއް ނެތި އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. މަސްވެރިންގެ އަޑު އެހުމަށްފަހު ސަރުކާރުން ވަނީ މަސްކިރުވުމަށް ކިއުގައި ތިބި ހުރިހާ ދޯންޏޭއްގެ މަސް ކިރޭނެ އިންތިޒާމު ހަމަޖައްސާފައެވެ.
ސަރުކާރުން ނެރުނު ބަޔާނެއްގައި ވިދާޅުވީ ދެކުނުގެ މަސްވެރިކަން ރަނގަޅު މި ދުވަސްވަރު މަސްނުކިރިގެން މަސްވެރިންގެ ހުރި ޝަކުވާތައް އަޑުއެހުމަށްފަހު، މިފްކޯގެ މަޝްވަރާގެމަތިން މަސްވެރިންގެ ދަތިތަކަށް ޙައްލު ހޯދުމަށްފަހު ރޭ އަލުން މަސްކިރަން ފަށައިފައިވާކަމަށެވެ.
އެގޮތުން މަސްވެރިންނަށް އެއްބަސްވެވޭ ފަދަ ގޮތަކަށް ސަރުކާރުން ވަނީ އިމްޕްލިމެންޓޭޝަން ޕްލޭން އެއް ހަދާފައެވެ. އަދި، މަސްވެރިންނަށް ކިއު އޯޑަރެއް ހަމަޖައްސައި އެ އޯޑަރާ އެއްގޮތައް މަސްކިރޭނެ އިންތިޒާމްތައް ކޫއްޑޫގައި ސަރުކާރުން މިހާރު ވަނީ ހަމަޖައްސާފައެވެ. މި ޕްލޭންގެ ދަށުން މަސްކިރާނެ ތަރުތީބާއި ދުވަސް އެ މަސްވެރިންނަށް ވަނީ އަންގާފައެވެ. އަދި ރޭގެ ނިޔަލަށް ކޫއްޑޫ ފަޅުގައި އޮތް ހުރިހާ މަސް ދޯންޏެއްގެ ހުރިހާ މަސްކިރޭނެ އިންތިޒާމު ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.
މަސްވެރިންނަށް ދިމާވެފައިވާ މައްސަދަލަތަކަށް ހައްލުހޯދުމަށްޓަކައި ސަރުކާރުން ދަނީ ވަގުތުތުން ވަގުތަށް އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅަމުންނެވެ. އެގޮތުން މަސްވެރިން ބާނާ މަސް ތާޒާ ކަންމަތީ ގަނެ ފިނިކޮށް ރައްކާ ކުރުމަށް ދުވާލަކު 100 ޓަނުގެ މަސް ފިނި ކުރެވޭ އަދި 300 ޓަނުގެ މަސް ސްޓޯރު ކުރެވޭ ބޯޓަކާއި މަސް އެކްސްޕޯޓް ކުރުމަށް 2400 ޓަނުގެ ރީފާ ކެރިއަރެއް ރާއްޖެ ވަނީ ގެނެސްފައެވެ. މީގެ އިތުރުން މަސް އެކްސްޕޯޓް ކުރުމަށް 2400 ޓަނުގެ ރީފާ ކެރިއަރެއް މިހާރު ގެނެސްފައިވާ ކަމަށެވެ.
މިފްކޯއިން މިހާރުވެސް މަސްވެރިންގެ އަތުން މަސް ގަންނަމުންދަނީ އެހެން ކުންފުނިތަކުން މަސްވެރިންގެ އަތުން ގަންނަމުންދާ ޢަދަދަށްވުރެ އިތުރަށެވެ. މިއަހަރުގެ މިހާތަނަށްވެސް މަސްވެރިންގެ އަތުން 19،000 ޓަނުގެ މަސްގަނެ މަސްވެރިންނަށް 300 މިލިއަން ރުފީޔާ ދީފައިވާކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.
މިފްކޯގެ ކެޕޭސިޓީ އިތުރުކޮށް ވަސީލަތްތައް ތަރައްޤީކުރުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އެގޮތުން ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގައި 100 ޓަނުގެ ކަނޑުމަސް 8 ގަޑިއިރުގެ ޝިފްޓުގައި ގަނޑުކުރެވޭ އައު ރިފްރިޖަރޭޝަން ކޮމްޕްލެކްސްއެއް ގާއިމް ކުރުމާއި، ލޮނުފެން ގަނޑުކޮށް 80 ޓަނުގެ ކަނޑުމަސް ބެހެއްޓޭނެ ހޯލްޑިން ޓޭންކް ގާއިމް ކުރުމާއި، 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖް އަދި އައު ޕަވާހައުސް އެއް ގާއިމް ކުރުން ހިމެނެއެވެ.
ކޮމެންޓު ފޮނުވާ