ރަތަފަންދޫ ގޮޑުދޮށް ހިމާޔަތްކުރުމަށްޓަކައި 2008 ވަނަ އަހަރުން ފެށިގެން ކޮން ރައީސަކުވެސް ވައުދުވާ ކަމަށާއި، ނަމަވެސް މިވައުދު ފުއްދަވާ ހަމައެކަނި ރައީސަކީ، ރައީސް ޞާލިހު ކަމުގައި ރަތަފަންދޫ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާ، ޓްރޭޓް ޔޫނިއަންގެ ނައިބް ރައީސް ސައުދު ވިދާޅުވެއްޖެއެވެ.
ގދ. ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ސަރުކާރުން މިއަދު ވަނީ އެމްޓީސީސީއާއި ހަވާލުކޮށްފައެވެ. ރަތަފަންދޫ ގޮޑުދޮށް ހިމާޔަތް ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ރިޔާސީ ވައުދެކެވެ. ރައީސްގެ ވައުދު ފުއްދެވުމަށްޓަކައި މިއަދު މަސައްކަތް ހަވާލު ކުރުމުން ސައުދު ވަނީ އެކަން ފާހަގަކޮށް ރައީސް ޞާލިހަށާއި، މިނިސްޓަރ އަމީރަށް ޝުކުރު ދަންނަވާފައެވެ.
ރައީސް ޞާލިހު 2018 ގެ ކެމްޕެއިންގައި ވީވައުދު ރަނުން ރަނަށް ފުއްދުމަށްޓަކައި، ރައްޔިތުން އެދުނު ގޮތަށް މިނިސްޓަރ އަމީރު ކޮށްދެއްވި ކަމަށްޓަކައި ރަތަފަންދޫ އެންމެހާ ރައްޔިތުންގެ ނަމުގައި ޝުކުރު ދަންނަވަން. މީ ރަށުގެ ރައްޔިތުންގެ ދިރިއުޅުމާއި ގުޅިފައި އޮތް ބޮޑު މައްސަލައެއްގެ ހައްލު.
– ސައުދު ވިދާޅުވިއެވެ.
ސައުދު ވިދާޅުވީ މިވައުދަކީ ކޮންމެ ރައީސަކުވެސް މިހާތަނަށް ވެފައިވާ ވައުދެއްކަމަށެވެ. ނަމަވެސް މިހާތަނަށް ރަތަފަންދޫ ރައްޔިތުންގެ ދިރިހުރުމާއި ގުޅިފައިވާ މިމުހިންމު މަސައްކަތް ކުރުމުގެ ޝައުގުވެރިކަންވެސް އޮތް ހަމައެކަނި ރައީސަކީ ރައީސް ޞާލިހުކަން މިއަދު ހާމަވެފައިވާކަމަށެވެ. މިކަން ތަންފީޒު ކުރުމަށް މިނިސްޓަރ އަމީރު ދެއްވި ޔަގީންކަމާއިއެކު ކުރެއްވި މަސައްކަތް ފާހަގަކޮށް ސައުދު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ރައީސް ޞާލިހުގެ ވައުދު ރަނުން ރަނަށް. މިއީ 2008 ވަނަ އަހަރުގެ ފެށިގެން ހުރިހާ ރައީސުން ވަމުން އައި ވައުދެއް. މިކަމަށް ހައްލު ހޯދައި ދެއްވީ ރައީސް ޞާލިހު. މިކަން މިގޮތަށް ކުރުމަށް މިނިސްޓަރ އަމީރު ދިން އިތުބާރާއި ޔަގީކަން މިއަދު މިއަދު މިވަނީ ހަގީގަތަކަށް ބަދަލު ވެފަ.
– ސައުދު ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން، 461 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 240 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 6600 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމުގެ މަސައްކަތް ހިމެނެއެވެ. މިއީ 84.27 މިލިއަން ރުފިޔާ އަށް 210 ދުވަސް ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.