ރަޝިއާގެ 500 އޮފިޝަލަކު ހިންގާފައިވާ، އިންސާނިއްޔަތާއި ޚިލާފް 5،600 ޖަރީމާ ޔޫކުރެއިން ތަހުގީގު ކުރަން ފަށައިފި

ރަޝިއާގެ 500 އޮފިޝަލަކު ހިންގާފައިވާ، އިންސާނިއްޔަތާއި ޚިލާފް 5،600 ޖަރީމާ ޔޫކުރެއިން ތަހުގީގު ކުރަން ފަށައިފި

ރަޝިއާ ސަރުކާރުގެ 500 އިސް އޮފިޝަލަކު ހިންގާފައިވާ އިންސާނިއްޔަތާއި ޚިލާފް 5،600 ޖަރީމާއެއް ޔޫކުރެއިންގެ ޕްރޮސެކިއުޓަރ ޖެނެރަލް ތަހުގީގު ކުރަން ފަށައިފިއެވެ. މީގެ ތެރޭގައި ރަޝިއާގެ އެންމެ އިސް އޮފިޝަލުން ހިމެނޭއިރު، އެގައުމުގެ ރައީސް ލާޑީމިރު ޕުޓިންވެސް ހިމެނިވަޑައިގަންނަވައެވެ.

އިނގިރޭސިވިލާތުގެ ސްކައި ނިއުސް އޭޖެންސީއާއި ވާހަކަ ދައްކަވަމުން، ޔޫކުރެއިންގެ ޕްރޮސެކިއުޓަރ ޖެނެރަލް އިރީނާ ވެނެޑިކްޓޯވާ ވަނީ، އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން އެގައުމުގެ ވެރިރަށް ކީވްއަށް ހޮނިހިރު ދުވަހު ވަޑައިގެންނެވި ކަމަށްޓަކާ އޭނާއަށް ޝުކުރު އަދާ ކުރައްވާފައެވެ.

މި ދަތުރުފުޅުގައި ބޮރިސް ޖޯންސަންވަނީ ޔޫކުރެއިންގެ ރައީސް ވޮލޮޑޮމިރު ޒެލެންސްކީއާއި ބައްދަލު ކުރައްވާ، ހަތިޔާރުގެ އެހީތެރިކަން ޔޫކުރެއިންއަށް ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި އެއަށްފަހު ދެބޭފުޅުންވަނީ، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައި އޮތް، ޔޫކުރެއިންގެ ވެރިރަށް ކީވްގެ ސެންޓްރަލް ސަރަހައްދުގައި ހިންވާ ވަޑައިގެން ބައެއް ސަރަހައްދުތަކަށް ވަޑައިގެންފައެވެ.

ޔޫކުރެއިންގެ ޕްރޮސެކިއުޓަރ ޖެނެރަލް ވެނެޑިކްޓޯވާ ވިދާޅުވި ގޮތުގައި، ބޮރިން ޖޯންސަންގެ ދަތުރުފުޅުގެ ސަބަބުން އެގައުމަށް ވަރަށް ބޮޑު ހިތްވަރެއް ލިބިގެން ގޮސްފައިވާ ކަމަށެވެ. އަދި އޭނާވަނީ ރަޝިއާގެ އިސްތިއުމާރީ ބާރުން އެގައުމުގައި ހިންގާފައިވާ ޖަރީމާތަކުގެ ތަފްސީލްތައް ޖޯންސަންއަށް ތަފްސީލު ކޮށްދެއްވާފައެވެ. މީގެ ތެރޭގައި، ޔޫކުރެއިން ދޫކޮށް ދިއުމަށް އެގައުމުގެ ރެއިލްވޭ ސްޓޭޝަންއަށް މީހުން ޖަމާވެފައި ވަކޮށް ދީފައިވާ މިސައިލް ހަމަލާވެސް ހިމެނެއެވެ.

އޭނާ ވިދާޅުވި ގޮތުގައި، ކަރަމަޓޯސްކް ޓްރެއިން ސްޓޭޝަނަށް ދީފައިވާ، 52 މީހުން މަރުވި ހަމަލާއާއި ރަޝިއާއާއި ގުޅުވޭ ސާފު ހެކި ހުރިކަމުގައެވެ.

"އަހަރެމެން މިވަނީ ރަޝިއާއިން ޔޫކުރެއިންގައި ހިންގާފައިވާ 5،600 ޖަރީމާއެއްގެ ތަހުގީގު ފަށާގައި، މީގެ ތެރޭގައި މި ޖަރީމާތަކުގައި ތުހުމަތު ކުރެވޭ، ރަޝިއާގެ ސަރުކާރާއި އަސްކަރިއްޔާގެ 500 މީހަކު ހިމެނޭ،" އޭނާ ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *