ރެސިޕީ: ފްރެންޗް ފްރައިސް ޕައި

ރެސިޕީ: ފްރެންޗް ފްރައިސް ޕައި

Author
ފާތިމަތު ނާވީ
13 އޭޕްރިލް 2022 06:10
0

ފްރެންޗް ފްރައިސް ޕައި އަކީ ބިޒީ ޝެޑިއުލް ގައި މަސައްކަތް ކުރަށްވާ ބޭފުޅުންނަށް މުހިންމު ރެސިޕީއެކެވެ. މިއީ ފަސޭހައިން ތައްޔާރު ކޮށްލެވޭ މީރު އެއްޗެކެވެ.

ބޭނުން ވާނެ ތަކެތި:

  • 2 ޖޯޑު ފްރެންޗް ފަރައިސް
  • 1 މޭޒުމަތީ ސަމުސާ ބަޓަރު
  • 1 ދަޅު މަސް
  • ބައި ޖޯޑު ފިޔާ (ކޮށާފައި)
  • 1 މިރުސް
  • 8 ހިކަނދިފަތް (ކޮށާފައި)
  • 8 ބިސް
  • ރަހަ ލާވަަރަށް ލޮނު އަދި ޕެޕާ ޕައުޑަރު
  • މުރަނގަ ފަތް ކޮޅެއް (ބޭނުންނަމަ)

ތައްޔާރު ކުރާނެ ގޮތް:

ބިސް ރަނގަޅަށް ބީޓް ކޮށްލާށެވެ. އެއަށް ފަހު ފިޔާ، މިރުސް އަދި ހިނކަދިފަތް ކޮޅު އެޅުމަށް ފަހު އެއްކޮށްލާށެވެ. ދެން މަސްދަޅު އަތުން ފުނޑުކޮށްލުމަށް ފަހު އަޅައިލާށެވެ. ހުރިހާ އެއްޗެއް އެއްކޮށްލުމަށްފަހު ފްރެންޗް ފްރައި އަދި މުރަނގަ ފަތް ކޮޅު އަޅައި ލޮނު ހެޔޮވަރު ކޮށްލައި ޕެޕާ ޕައުޑަރުވެސް އެއްކޮށްލާށެވެ.

ބަޓަރު ކޮޅު ތަވާގައި އުނގުޅާލުމަށްފަހު ޕައި އަޅާ މަތިޖަހާށެވެ. އެއްފުށް ފިހެވުމުން ޕައި އަނެއް ފުށަށް ޖަހައި ރަނގަޅަށް ފިހެލާށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.