ހަ ރަށެއްގެ ބިންހިއްކުމުގެ މަސައްކަތްކުރުމަށް 752 މިލިއަން ރުފިޔާއަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފިއެވެ.
ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ރ.ދުވާފަރާއި، ހއ.އިހަވަންދޫއާި، އއ.އުކުޅަސް އާއި، ތ.ހިރިލަންދޫ އާއި، ގއ. ދާންދޫގެ އިތުރުން މ. ދިއްގަރުގެ އެވެ.
މަޝްރޫޢުތަކުގެ ތަފްސީލް:
ރ.ދުވާފަރުގެ 22.2 ހެކްޓަރުގެ ބިން ހިއްކުން، 445 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް، 143.1 މިލިއަން ރުފިޔާއަށް.
ހއ.އިހަވަންދޫގެ 25 ހެކްޓަރުގެ ބިން ހިއްކުން، 1 އަހަރުގެތެރޭގައި މަސައްކަތް ނިންމާގޮތަށް، 124 މިލިއަން ރުފިޔާއަށް.
އއ. އުކުޅަހުގެ 10 ހެކްޓަރުގެ ބިން ހިއްކުން، 235 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް، 71.3 މިލިއަން ރުފިޔާއަށް.
ތ.ހިރިލަންދޫއިން 20 ހެކްޓަރު ބިން ހިއްކުން 285 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް، 105.2 މިލިއަން ރުފިޔާއަށް.
ގއ.ދާންދޫން 25 ހެކްޓަރުގެ ބިން ހިއްކުން 350 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް، 186.6 މިލިއަން ރުފިޔާއަށް.
މ.ދިއްގަރުން 25 ހެކްޓަރުގެ ބިން ހިއްކުން 450 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް، 121.8 މިލިއަން ރުފިޔާއަށް.
މިމަޝްރޫޢުތައް އެމްޓީސީސީއާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެމިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާޠިމަތު ޝާނާ ފާރޫޤެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމްއެވެ. މިމަޝްރޫޢުތަކުގެ ތެރޭގައި ބިން ހިއްކުމުގެ އިތުރުން ހިއްކާ ބިން ހިމާޔަތްކުރުންވެސް ހިމެނެއެވެ.
ކޮމެންޓު ފޮނުވާ