ކެމިކަލް ލީކުވެގެން އެމްޕީއެލް ސަރަހައްދު ބަންދުކޮށްފި

ކެމިކަލް ލީކުވެގެން އެމްޕީއެލް ސަރަހައްދު ބަންދުކޮށްފި

Author
މުޙައްމަދު ޝަޒައިމް
04 އޭޕްރިލް 2022 02:06
0

ކެމިކަލް ތަކެއް ލީކުވެގެންކަމަށް ބެލެވޭތީ އެމްޕީއެލް ސަރަހައްދު ބަންދުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެމްޕީއެލް ސަރަހައްދު ބަންދުކޮށްފައިވަނީ އެސަރަހައްދުގައި ކެމިކަލް ލީކުވެގެން އުޅޭ ކަމުގެ މައުލޫމާތުތަކެއް ލިބިގެންކަމަށެވެ.

އެސަރަހައްދުގައި ފުލުހުންނާއި ސިފައިން މިހާރު ހަރަކާތްތެރި ވަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް މިހާދިސާގެ މާބޮޑު ތަފްސީލެއް ފުލުހުން ހާމަކޮށްފައި ނުވެއެވެ.

އެސަރަހައްދުގައި ފުލުހުންގެ ފަޔާ ވެހިކަލްތައްވެސް ދަނީ ހަރަކަތްތެރިވަމުންނެވެ. އަދި ގިނަ އަދަދެއްގެ ފުލުހުންނާއި ސިފައިންވެސް ދަނީ ހަރަކާތްތެރި ވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.