ހިޔާ ސަރަޙައްދުގައި ތަރައްޤީކުރާ ފުރަތަމަ ޕްރީ ސްކޫލްގެ ބިންގާއަޅާ، އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްތައް ފަށައިފިއެވެ.
މި ޕްރީ ސްކޫލް އަޅަނީ ހިޔާ ޓަވަރު 3އަދި 4 ކުރިމަތިން އޮންނަ ބިމުގައެވެ. ހިޔާ ސަރަޙައްދުގައި ތަރައްޤީކުރާ ފުރަތަމަ ޕްރީ ސްކޫލްގެ ބިންގާ އަޅުއްވައިދެއްވީ ހައުސިން ޑެވެލޮޕަމަންޓް ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު އާތިފް އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒްއެވެ. އަދި މަސައްކަތުގެ ކޮންޓްރެކްޓަރުން ބައިވެރިވެފައިވެއެވެ.
މި ޕްރީ ސްކޫލްގައި 24 ކްލާސްރޫމް ހިމެނޭއިރު، އެއީ އެއްފަހަރާ 400އެއްހާ ކުދިންނަށް ކިޔަވައިދެވޭނެ ޖާގައެވެ. މި ޕްރީ ސްކޫލްގެ ކޮންޓްރެކްޓަރ އެސްޖޭ ކޮންސްޓަރަކްޝަންއާއި ހަވާލުކޮށްފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 2 ޕްރީ ސްކޫލް ތަރައްޤީކުރުމަށެވެ. މި ދެ ސްކޫލްގެ މަސައްކަތްވެސް އޮގަސްޓް މަހަށް ނިންމުމަށްވަނީ ހަމަޖެހިފައެވެ.
A groundbreaking ceremony was held for 2 new preschools in Hulhumalé to serve the growing population in Phase 2.
These 2 projects will be developed by SJ construction. For this vital milestone in the development of Hulhumalé, MP Niyaz was our chief guest. #HDCProjects pic.twitter.com/xcBATvvRAS— HDC (@hdcmaldives) March 31, 2022
ތަޢުލީމީ ނިޒާމަށް ގެނެސްފައިވާ ބަދަލާއެކު މިހާރު ދިރާސީ އާ އަހަރު ފެށެނީވެސް އަހަރުގެ މެދުތެރެއިން އޮގަސްޓްމަހުން ފެށިގެންނެވެ.
ދެވަނަ ފިޔަވަހީގައި ޕްރައިމަރީ އަދި ސެކަންޑްރީއަށް ކިވައިދޭ ސްކޫލެއް އެޅުމަށް މިދިޔައަހަރުގެ ޖޫންމަހު ވަނީ ބަޔަކާއި ހަވާލުކޮށްފައެވެ. އެޑިއުކޭޝަން މިނިސްޓްރީއިން ހާވަކޮށްފައިވާގޮތުގައި ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ ސްކޫލްތައްވާނީ 1000-1200އާއި ދެމެދުގެ ޖާގައިގެ ސްކޫލްތަކަށެވެ. މި ސްކޫލްގެ މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވަނީ 18މަސް ދުވަހުންނެވެ.