ގަތަރުގައި ބާއްވާ ވަރލްޑް ކަޕްގެ ގުރު ނަގައިފި

ގަތަރުގައި ބާއްވާ ވަރލްޑް ކަޕްގެ ގުރު ނަގައިފި

Author
ޔޫސުފް
02 އޭޕްރިލް 2022 03:10
0

މިއަަހަރު ފަހުކޮޅު ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވަރލްޑް ކަޕުގެ ގުރު ނެގުމުގެ ރަސްމީޔާތު ބާއްވައިފިއެވެ.

ވަރލްޑް ކަޕްގެ ގުރުނެގުމުގެ ރަސްމީޔާތު ކުރިޔަށް ގެންގޮސްފައިވަނީ ގަތަރުގެ ދޯހާގައެވެ.

މިފަހަރުގެ ވަރލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކުރިޔަށްދާނީ، ނޮވެމްބަރ މަހުގެ ނޮވެމްބަރު 21 އިން ޑިސެމްބަރު 18 ގެ ނިޔަލަށެވެ. މިއީ ނޮވެމްބަރ ޑިސެމްބަރ ގައި ވަރލްޑް ކަޕް ފުޓްބޯޅަ މުބާރާތް ބާއްވާ ފުރަތަމަ ފަހަރެއެވެ. މުބާރާތް ހުޅުވާ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އޭގައި ހިމެނޭ ގަތަރާއި އިކުއެޑޯއެވެ. މިފަހަރުގެ ވޯރލްޑް ކަޕްގެ މެޗުތައް ކުރިއަށް ދާނީ 8 ސްޓޭޑިއަމެއްގައެވެ.

ގުރު ނެގުމުގެ ރަސްމިއްޔާތުގައި ވަނީ ވޯރލްޑް ކަޕްގެ ރަސްމީ ލަވަ އަދި މެސްކޮޓް އާއްމުކޮށްފައެވެ.

8 ގްރޫޕަކަށް ބަހާލައިގެން ކުރިޔަށްގެންދާ ވަރލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭ ގައި ހިމެނުނު ޤައުމުތަކަކީ މުބާރާތް ބާއްވާ ގަތަރު، އެކުއެޑޯ، ސެނެގާލް އަދި ނެދަލެންޑްސްއެވެ. ގްރޫޕް ބީ ގައި އިންގްލެންޑް، އިރާން، އެމެރިކާ ހިމެނުނުއިރު މި ގްރޫޕުން ދެން ޖާގަ ލިބޭނީ، ވޭލްސް، ސްކޮޓްލެންޑް ނުވަތަ ޔޫކްރޭންގެ ތެރެއިން ކޮންމެވެސް އެއް ގައުމަކަށެވެ. ގްރޫޕް ސީ ގައި ލައްވާލި ގައުމުތަކަކީ، އާޖެންޓީނާ، ސައުދީ އަރަބިއާ، މެކްސިކޯގެ އިތުރުން ޕޮލެންޑެއެވެ.

މީގެ އިތުރުން ގުރޫޕް ޑީ ގައި ފްރާންސް، ޑެންމާކް، ޓިއުނީޝިއާ ލައްވާލިއިރު، ބާކީ އިން ޖާގަ ލިބޭނީ ޕެރޫ، އޮސްޓްރޭލިއާ ނުވަތަ ޔޫއޭއީގެ ތެރެއިން ކޮންމެވެސް އެއް ޤައުމަކަށެވެ. މުބާރާތުގެ ގްރޫޕް އީ ގައި ޔޫރަޕުގެ ގަދަ ދެ ބާރު ކަމަށްވާ، ސްޕެއިން އާއި ޖަރުމަނު ހިމެނުނުއިރު، ދެން ހިމެނުނު ގައުމަކީ ޖަޕާންއެވެ. މި ގްރޫޕްގައި ބާކީ އިން ހަތަރު ވަނަ ޖާގަ ލިބޭނީ ކޮސްޓަރިކާ، ނިއު ޒިލެންޑްގެ ތެރެއިން ކޮންމެވެސް އެއް ގައުމަކަށެވެ.

މުބާރާތުގެ ގުރޫޕް އެފް ގައި ބެލްޖިއަމް، ކެނަޑާ، މޮރޮކޯ އަދި ކްރޮއޭޝިއާ ހިމެނުނުއިރު، ގުރޫޕް ޖީ ގައި ހިމެނުނީ ބްރެޒިލް، ސާބިއާ، ސްވިޒަލެންޑް އަދި ކެމެރޫންއެވެ. އެންމެ ފަހު ގްރޫޕް ކަމަށްވާ ގްރޫޕް އެޗް ގައި ހިމެނުނީ، ޕޯޗުގަލް، ގާނާ، އުރުގުއޭ އަދި ދެކުނު ކޮރެއާއެވެ.

މިއަހަރުގެ ވޯރލްޑް ކަޕަކީ 32 ޓީމު ހިމަނައިގެން ބާއްވާ އެންމެ ފަހު މުބާރާތެއެވެ. ދެން 2026 ވަނަ އަހަރު ބާއްވާ ވަރލްޑް ކަޕުން ފެށިގެން 48 ގައުމު ވޯރލްޑް ކަޕްގައި ވާދަކުރާނެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.