ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އަންހެނެއްގެ ފައި ޗިސްވެއްޖެ

ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އަންހެނެއްގެ ފައި ޗިސްވެއްޖެ

Author
މުޙައްމަދު ޝަޒައިމް
31 މާރޗް 2022 05:42
0

ހުޅުމާލެ ފޭސް ދޭއްގައި ސައިކަލަކާއި ހެވީ ވެހިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓެއްގައި އަންހެނަކަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ އަންހެނަކު ދުއްވަން އިން ސައިކަލަކާއި ހެވީ ވެހިކަލެއް އެކްސިޑެންޓްވި ކަމުގެ ރިޕޯޓް އެ އިދާރަށް ލިބުނީ މިއަދު ހަވީރު 16:30 ގަ އެވެ. މި އެކްސިޑެންޓު ހިނގީ ފޭސް 2 އަށް ދާން ހަދާފައިވާ ބްރިޖެއް ކައިރީގައެވެ.

އެކްސިޑެންޓުގެ ފޮޓޯތަކުން ފެންނަ ގޮތުގައި އަންހެން މީހާ ދުއްވަން އިން ސައިކަލު އޮތީ ހިލަ އާއި ހިލަވެލި ފަދަ ތަކެތި އުފުލާ ލޮރީގެ ކުރީ ފުރޮޅެއް ދަށުގައެވެ.

އަދި މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން އަންހެން މީހާއަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަންހެން މީހާގެ ފައި ވެހިކަލްގެ ދަށުވުމުން ފައިވަނީ ފަރަށް ބޮޑަށް ޗިސްވެފައެވެ.

ފުލުހުން ވިދާޅުވީ، މި އެކްސިޑެންޓާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.