ރައްޔިތުންނާއި ގުޅިފައިވާ ހުޅުދޫ ބަނދަރުގެ 38 އިންސައްތަ ނިންމައިފި

ރައްޔިތުންނާއި ގުޅިފައިވާ ހުޅުދޫ ބަނދަރުގެ 38 އިންސައްތަ ނިންމައިފި

Author
މުޙައްމަދު ޝަޒައިމް
10 ނޮވެމްބަރ 2020 09:55
0

ހުޅުދޫގެ ރައްޔިތުންގެ އުންމީދާއި ގުޅިފައިވާ އެރަށު ބަނދަދު ތަރައްޤީ ކުރުމުގެ މަސައްކަތުގެ 38 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ.

ސ.ހުޅުދޫގައި އަލަށް ތަރައްޤީކުރާ ބަނދަރުގެ ޢަމަލީ މަސައްކަތް ފަށައިފައިވަނީ މިއަހަރުގެ އޮގަސްޓް މަހުގެ 10 ވަނަ ދުވަހުގައެވެ. ބަނދަރު ހެދުމުގެ މަސައްކަތުގެދަށުން މިހާރު ކުރިއަށްދަނީ ބަނދަރު ފުންކުރުމުގެ މަސައްކަތްކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ. އެގޮތުން 88000 ކިއުބިކް މީޓަރުގެ ސަރަޙައްދު ފުންކުރުމަށްވަނީ ހަމަޖެހިފައެވެ.

އެމްޓީސީސީން މިއަދު ވިދާޅުވީ ހުޅުދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 38 ޕަސެންޓް ނިމިފައިވާކަމަށެވެ. އަދި މި މަޝްރޫޢުގެ ދަށުން، ބަނދަރު ފުން ކުރުމުގެ މަސައްކަތުގެ 53 ޕަސެންޓް ނިމިފައިވާކަމެވެ.

އައްޑޫ ސިޓީގެ ހުޅުދޫގައި ހަދާ ބަނދަރަކީ 742 މީޓަރު ދިގު ބަނދަރެކެވެ. ބަނދަރު ހެދުމުގެ މަސައްކަތުގެ ތެރޭގައި ހިމަނައިގެން 114 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 624 މިޓަރު ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމަށްވެސްވަނީ ހަމަޖެހިފައެވެ. އަދި އެއްގަމުތޮއްޓާއި ބޭރު ތޮށި ގުޅާލުމަށް 9 މީޓަރު ދިގު 4 މީޓަރު ފުޅާ ބްރިޖެއް އެޅުންވެސް މި މަސައްކަތުގެ ތެރޭގައި ހިމެނެއެވެ.

މި މަސައްކަތްތަކުގެ އިތުރަށް ބަނދަރުގައި ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތިއާއި، ނެރު ބައްތިޖެހުމަށްވެސްވަނީ ހަމަޖެހިފައެވެ. މިއީ ސަރުކާރުން 61.4 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.