ފެމިލީ ކޯޓުގެ އިސް ޤާޟީކަމަށް ފުރަތަމަ ފަހަރަށް އަންހެންބޭފުޅަކު

ފެމިލީ ކޯޓުގެ އިސް ޤާޟީކަމަށް ފުރަތަމަ ފަހަރަށް އަންހެންބޭފުޅަކު

Author
މުޙައްމަދު ޝަޒައިމް
30 މާރޗް 2022 07:35
0

ފެމިލީ ކޯޓުގެ އިސް ޤާޟީކަމަށް ފުރަތަމަ ފަހަރަށް އަންހެންބޭފުޅަކު ހަމަޖައްސައިފިއެވެ.

ފެމެލީ ކޯޓުގެ އިސްޤާޟީކަމުގެ މަޤާމަށް އައްޔަން ކޮށްފައިވަނީ އަލްއުސްތާޛާ ހުޒައިފާ މުޙައްމަދުއެވެ. ޖުޑިޝަލް ސާވިސް ކޮމިޝަންގައި މިއަދު ކޮމިޝަންގައި ބޭއްވި ރަސްމިއްޔާތުގައި، ހުޒައިފާއަށް ފަތްކޮޅު އެރުއްވީ، ޖޭއެސްސީގެ ރައީސް އަލްއުސްތާޛާ ޙިސާން ޙުސެއިންނެވެ.

ފެމެލީ ކޯޓުގެ އިސްޤާޟީކަމަށް އައްޔަނުކުރި އަލްއުސްތާޛާ ހުޒައިފާ މުޙައްމަދަކީ މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން މާސްޓަރސް އޮފް ކޯޕަރޭޓިވް ލޯ ޙާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އަލްއުސްތާޛާ ހުޒައިފާ މުޙައްމަދު ފަނޑިޔާރުކަމަށް ޢައްޔަންކުރެވިފައިވަނީ 2007 ވަނަ އަހަރުގެ ޖުލައި މަހުގެ 11 ވަނަ ދުވަހުއެވެ.

މިއީ ސުޕީރިއަރ ކޯޓުތަކުގެ ތެރެއިން ކޯޓެއްގެ އިސްޤާޟީކަމުގެ މަޤާމަށް އަންހެން ބޭފުޅަކު ޢައްޔަންކުރެވުނު ފުރަތަމަ ފަހަރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.