ދިވެހި ފުލުހުންގެ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ ހަވާއަރުވަން ނިންމައިފިއެވެ.
ފުލުހުން ބުނީ، ފުލުހުންގެ 89 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ 23:00 ގައި، ހުޅުމާލެ ސެންޓްރަލް ޕާކްގައި ހަވާއެރުވުން ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ.
ފުލުހުންގެ 89 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި 2022 މާރިޗު 30 ވަނަ ދުވަހުގެރޭ 23:00 ގައި، ހުޅުމާލެ ސެންޓްރަލް ޕާކްގައި ހަވާއެރުވުން ބޭއްވުމަށް ހަމަޖެހިފައިވާކަން މަޢުލޫމާތަށްޓަކައި ދަންނަވަން.
— Maldives Police (@PoliceMv) March 30, 2022
މާލެއާއި އަތޮޅުތަކުގައި އެކި މުނާސަބަުތަކާއި ގުޅިގެން ހަވާއެރުވުން ބާއްވައެވެ. ޚައްޞަކޮށް އެކި މުނާސަބަތުތަކާއި ގުލިގެން ހަވާއެރުވުން ބާއްވާއިރު އަމިއްލަ ފަރާތްތަކުގެ އެދުމަށްވެސް ހަވާއަރުވައެވެ. ފައިސާ ދީގެން ހަވާއެރުވުން އޮތްނަމަވެސް ސިޔާސީ ކަންކަމުގައި ހަވާ އަރުވައި ނުދޭކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.
ފުލުހުންގެ އަހަރީދުވަސް އިއްޔެ ވަނީ މުޅި ރާއްޖޭގައި ފާހަގަކޮށްފައެވެ. ދުވަސް ފެށުނީ ހުރިހާ ޕޮލިސް މަރުކަޒެއްގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތާއެކުއެވެ. އަދި ރޭ ވަނީ އަހަރީ ދުވަހާއި ގުޅިގެން ޚާއްޞަ ރަސްމިއްޔާތު ޖުމްހޫރީ މައިދާނުގައި ބާއްވާފައެވެ.
ކޮމެންޓު ފޮނުވާ