ތާރާއަށް ކަމުދަނީ އާދަރްގެ ތުނބުޅި!

ތާރާއަށް ކަމުދަނީ އާދަރްގެ ތުނބުޅި!

Author
ފާތިމަތު ނާވީ
28 މާރޗް 2022 10:07
0

ބޮލީވުޑްގެ ވިދަމުން އަންނަ ބަތަލާ ތާރާ ސުތާރިއާ އާއި އާދަރް ޖެއިން އަކީ ޒުވާން ކުދިންގެ މެދުގައި ވަރަށް މަގުބޫލު ޖޯޑެކެވެ.

ތާރާ އާއި އާދަރް ލޯބީގެ ގޮތުން ގުޅިގެން އުޅުނީ ވަރަށް ސިއްރުން ކަމުގައިވިޔަސް ފަހުން ވަނީ އެމީހުންގެ ގުޅުން މީޑިއާގައި ބަޔާން ކޮށްދީފައެވެ.

އަދި މި ކަޕުލް އަކީ ވަރަށް ލޯބި ކަޕުލްއެއްގެ ގޮތުގައި ގިނަބަޔަކު ގަބޫލު ކުރެއެވެ. މި ދެމިހުން އަންނަނި އެކުގައި ގިނަވަގުތު ހޭދަކުރަމުންނެވެ. އަދި ޗުއްޓީއަށް ދެމީހުން އެކުގައި ދިއުންވެސް ވަނި އިތުރު ވެފައިއެވެ.

އާދަރްގެ އިންސްޓަގްރާމްގައި ހިއްސާ ކުރި ފޮޓޯއަކަށް ކޮމެންޓް ކުރަމުން ތާރާ ބުނެފައިވަނި އޭނާއަށް އާދަރުގެ އެންމެ ކަމުދަނީ ތުނބުޅި ކަމަށެވެ. އަދި އާދަރަކީ އެނާއަށް އެންމެ ރީތި ފިރިހެނާ ކަމަށް ވެސް ވަނީ ބުނެފައެވެ.

 

View this post on Instagram

 

A post shared by Aadar Jain (@aadarjain)

އާދަރް ޖެއިން އަކީ ބޮލިވުޑްގެ މަޝްހޫރު ކަޕޫރް ހާންދާނުގެ އެއް ތަނބު ކަމުގައިވާ ރާޖް ކަޕޫރުގެ ކާފަ ދަރިފުޅެވެ. އަދި ކަރީނާ ކަޕޫރާއި ކަރިޝްމާ ކަޕޫރަކީ އޭނާގެ ކަޒިންސްއެވެ. އާދަރް ވެސް އަންނަނީ ބޮލީވުޑަށް ނުކުތުމުގެ މަސައްކަތް ކުރަމުނެވެ. ޚަބަރުތަށް ބުނާގޮތުގައި އޭނާ ބޮލިވުޑަށް ތައާރަފް ވަނީ ޔަޝްރާޖް ފިލްމްސްގެ ފިލްމަ އަކުންނެވެ.

އަނެއްކޮޅުން ތާރާއަކީ މިހާރުވެސް ވިދަމުންް އަންނަ ތަރިއެކެވެ. ތާރާ ބޮލީވުޑަށް ތައާރަފް ވީ 2019 ވަނަ އަހަރު "ސުޓޫޑަންތް އޮފް ދަ އިޔާ" އިންނެވެ. އޭނާ ގެ ކުރިއަށް އޮތް ފިލްމް ތަކަކީ "ހީރޯފަންތީ 2″ އާއި "އޭކް ވިލަން ރިޓާން"އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.