ޝެއިޙް އިބްރާހިމް މެންކްގެ ދަރުސްތަކެއް ރޯދަމަހު ނޫރު މިސްކިތުގައި

ޝެއިޙް އިބްރާހިމް މެންކްގެ ދަރުސްތަކެއް ރޯދަމަހު ނޫރު މިސްކިތުގައި

ގުޅުންހުރި

ޝައިހް އިބްރާހިމް މެންކް ގެ ދަރުސް ސިލްސިލާތަކެއް އަލް ޢަސްރުން ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

ޒުވާނުންނާއި ގުޅޭގޮތަށް އިނގިރޭސި ބަހުން ގެންދިއުމަށް ރޭވިފައިވާ މިދަރުސްތަށް ކުރިއަށް ދާނީ ރަމަޟާން މަހުގެ ފުރަތަމަ ދިހައެއްގައި ނޫރު މިސްކިތުގައި ޢަސްރު ނަމާދަށްފަހު ކަމަށް އަލް އަސްރުން ހާމަކުރެެއެވެ. މިދަރުސް ސިލްސިލާގެ މައުލޫއަކީ "ލިވިންގ ވިތް ޤުރްޢާން" މިއެވެ.

މިދަރުސްތަކުގައި ޤުރްޢާނާއި ގުޅުން ހުރި މުހިންމު މައުލޫމާތު ތަކެއް ލިބިގެންދާނެ. މިއީ ޤުރްޢާނުގެ މައްސަރުގައި އެނގެން މުހިންމު އެތައް މައުލޫމާތުތަކެއް ލިބިގެންދާނެ ދަރުސްތަކެއް. މިދަރުސްތައް ރާއްޖޭގެ ޓީވީތަކުންނާއި ރޭޑިއޯ އަދި އޮންލައިން މީޑިއާތަކަށްވެސް ލައިވް ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާނެކަމަށާއި ވީހާވެސް ގިނަ ބަޔަކު މިދަރުސްތަކުން ފައިދާ ހޯދުމަށް އިލްތިމާސްކުރަން.

– ޢަސްރު ގެ އޮފިޝަލަކު ވިދާޅުވިއެވެ.

ޝެއިޙް އިބްރާހިމް މެންކް އަކީ ސަޢުދިއަރަބިއްޔާގެ މަދީނާ ޔުނިވަރސިޓިގެ ގްރެޖުއޭޓެކެވެ. ޝެއިޙް އިބްރާހިމް މެންކް އަކީ ދިވެހިންނަށް ފަރިތަ މޫނެކެވެ.

ޝައިހް އިބްރާހިމް މެންކް އަކީ ޒިމްބާބްވޭގެ މަޝްހޫރު ދާއީ މުފްތީ އިސްމާއިލް މެންކް އަށް ބޮޑުބޭބެ ވިދާޅުވާ ބެފުޅެކެވެ. ޝައިހް އިބްރާހިމް މެންކް މީގެ ކުރިންވެސް އެތައް ފަހަރަކު ވަނީ ރާއްޖެ ވަޑައިގެންފައެވެ. އެގޮތުން ޢަސްރުން ވަނީ 2019 ގައި "ދަ ލޯޑް އޮފް ދަ ވޯރލްޑްސް" މި ނަމުގައި ޝައިހް އިބްރާހިމް މެންކް ގެ ދަރުސް ސިލްސިލާއެއް ބާއްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

Leave a Reply

Your email address will not be published. Required fields are marked *